ސައިކަލެއް ކޮންޓްރޯލް ނުވެގޮސް، ވެއްޓި މީހަކަށް އަނިޔާވެއްޖެ

ބްރިޖު ހައިވޭއިން ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ތޮށިގަނޑުގައި ޖެހި އެދުއްވަން އިން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

އެމީހާއަށް މިހާރު ގެންދަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާ ދެމުންނެވެ. އޭނާގެ ބޮލަށް އަނިޔާވެފައި ވާކަމަށާއި އެހެން ނަމަވެސް ތަފްސީލެއް ހޮސްޕިޓަލުން ނުދެއްވައެވެ.

މި ޙާދިސާގައި އަނިޔާވެފައިވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޒުވާނަކަށެވެ. އޭނާގެ ޢުމުރަކީ 21 އަހަރެވެ.

ފުލުހުން ވިދާޅުވީ އެއީ އެއާޕޯޓުން އައި ސައިކަލެއް ކަމަށެވެ. މިޙާދިސާ ހިނގާފައިވަނީ މިއަދު 2:15 އެހައިކަންހާއިރުއެވެ. އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 2:50 ގައި ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.