ކުޑަ ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ އޭނާއަށާއި އިތުރު ދެމީހަކަށް އަނިޔާވެއްޖެ

ވެއްޓުނު ބިދޭސީ މީހާއަށް ފަރުވާ ދެމުން ގެންދާ ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭގައި ކުޑަ ކުއްޖަކު ދުއްވި ސައިކަލެއް ޕިއްޒާ ބޯނާ ޑެލިވަރީކުރާ ސައިކަލެއްގައިޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ނިރޮޅުމަގު، ވެލިގާހާޑުވެއާ ކައިރިން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ޕިއްޒާބޯނާ ޑެލިވަރީސައިކަލެއްގެ ފަހަތުން ބާރު ސްޕީޑުގައި ކުޑަކުއްޖާ ސައިކަލް ދުއްވާފައި އަންނަނިކޮށް ކޮންޓްރޯލް ނުވެ އެ ސައިކަލުގެ ފަހަތުގައި ޖެހިގެންނެވެ.

ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ކުއްޖެކެވެ. އޭނާ ފަހަތުގައި 14 އަހަރުގެ ކުއްޖަކު ވެސް އިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

" މި އެކްސިޑެންޓުގައި ކުޑަ ދެކުދިންންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ ކަނާތު ކަށިއިނގިލީގެ ހުޅުމަތީންނާއި، ވާތު އުޅަބޮށި ކައިރިން މަށައިގެން ގޮސްފައިވޭ. 17 އަހަރުގެ ކުއްޖާގެ ވާތު އުޅަބޮއްޓާއި ކަނާތު ކުޑަހުޅު މަތީންނާއި މޫނުގެ ދެ ތަންކޮޅު މަށައިގެން ގޮސްފައިވޭ،" ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓަށްފަހު  17 އަހަރުގެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އަދި އޭނާ ވަނީ 4 ގަޑިއިރު ވަންދެން އޮބްޒަވޭނުގައި ބާއްވައިފިއެވެ. އެ ދެކުދިން ދުއްވި ސައިކަލުގެ ކުރީ ކަވަރާއި ވަށިގަނޑުވަނ ހަލާކުވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޕިއްޒާ ބޯނާ ސައިކަލް ދުއްވި ބިދޭސީ މީހާގެ ވާތު އުޅަބޮއްޓާއި ވާތުފައިގެ ކަކުލާއި ކުޑަހުޅު ކައިރިން ވަނީ މަށައިގެން ގޮސްފައެވެ. އަދި އޭނާ ދުއްވި ސައިކަލަށް ގެއްލުމެއް ނުވެއެވެ. އޭނާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ މިއަދު ހަވީރު ހިނގި އެކްސިޑެންޓެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.