ކުކިން އޮއިލް ކޭސްތަކެއް ވަގަށް ނެގި ދެމީހަކު އަތުލައިގެންފި

މާލޭގެ ބާޒާރުމަތީގައި ބަހައްޓައިފައިވާ ކުކިން އޮއިލް ކޭސްތަކެއްގެ ތެރެއިން ދެ ކޭސް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ހިނގި މިޙާދިސާގައި އަތުލައިގަނެ ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ޢުމުރުން 26 އަހަރުގެ މީހަކާއި، 34 އަހަރު މީހެއް ކަމަށެވެ. ދެމީހުންނަކީ ވެސް ދިވެހިންނެވެ.

އެމީހުން އަތުލައިގެންފައިވަނީ ބޮޑުރަސްގެފާނު މަގުންނެވެ. އެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2 ކޭސް ތެލާވެސް އެކުގައެވެ.

ފަހަކަށް އައިސް މާލެއާއި ރަށްރަށުގައި ވެސް މިފަދަ ކަންކަން ކުރުންދަނީ ޢާއްމުވަމުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ މިފަދަ ވައްކަމާއި މާރާމާރީ ފަދަ ކަންކަން ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.