ސައިކަލެއް ވަގަށް ނަގައިގެން ދިޔަމީހަކު ބަންދު ކޮށްފި

މާލޭ ބުލޫކިޔާ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގައިގެން ދުއްވާފައި ދިޔަ މީހަކު ހުއްޓުވައި އެމީހާ ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ވަގުތު މާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ބައެކެވެ. އެ މީހާ ހުއްޓުވައިފައިވަނީ ބޮޑުތަކުރުފާނު މަގުން އައިޖީއެމްއެޗު ކައިރިން ދަނިކޮށް އޭނާގެ ޢަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކު ވެގެންނެވެ.

އެމީހާ ހުއްޓުވުމުން އެއީ އޭގެ އިރުކޮޅެއް ކުރިން ބުލޫކިޔާ މަގުގައި ޕާކުކޮށްފައި ހުއްޓާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ސައިކަލްކަން އެނގުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސައިކަލް ދުއްވަންއިނީ ޢުމުރުން 29 އަހަރުގެ މީހެކެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީގުކުރަމުންނެވެ. މި ޙާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:50 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.