އާފަތިސް ބަދިގެ: ކިއުކަމްބާ ސޫޕް

ބޭނުންވާނެ ތަކެތި:

މޭޒުމަތީ ސަމުސަލުގެ ހަތަރު ސަމުސާ އަންސޯލްޓެޑް ބަޓަރު

1 ފިޔާ (ކޮށާފައި)

3 ކިއުކަމްބާ

ދޮޅު ލީޓަރު ކުކުޅު ސުރުވާ

2 ސައި ސަމުސާ ހަރބްސް

ޕާސްލޭ ބޮނޑިއެއްގެ އެއްބައި

2 ލުނބޯ

1 ޖޯޑު ކްރީމް

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ތަވައެއް އުދައި ބަޓަރު ވިރުވުމަށްފަހު އޭގެ ތެރެއަށް ފިޔާ އަޅައިގެން ހަތަރު މިނިޓް ނުވަތަ 5 މިނިޓްވަރު ވަންދެން ފިޔާ މީރުކުރާށެވެ.

ދެން ކިއުކަމްބާ އަޅައި ގިނި މަޑުކުރުމަށްފަހު ފަސް މިނިޓް ވަންދެން ކައްކާށެވެ.

ދެން އޭގެތެރެއަށް ކުކުޅު ސުރުވާ އަޅައިގެން ރަނގަޅަށް ކައްކާށެވެ. ކެކެން ފެށުމުން ލޮނާއި އަސޭމިރުސް ޕައުޑަރު އަޅައި ފަސް މިނިޓް ވަންދެން މަޑުގިނީގައި ފަސް މިނިޓް ވަންދެން ކައްކާށެވެ.

އެއަށްފަހު ހަރބްސް އާއި ޕާސްލޭ ކުދިކޮށް ކޮށައި ސުޕްގެ ތެރެއަށް އަޅާށެވެ. އަދި ލުނބޯ ހުތް ވެސް އަޅާށެވެ. އިތުރު ފަސް މިނިޓަށް ކެއްކުމަށް ފަހު އުނދުން މަތީން ބާލާށެވެ.

މި މިކްސްޗަރު ބްލެންޑަރަކަށް އަޅައި ރަނގަޅަށް އެއްކުރާށެވެ. ބޯތަށްޓަކަށް ހުސްކުރުމަށް ފަހު ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫ ވުމުން ފިނިކުރަން ފްރިޖުގައި ބަހައްޓާލާށެވެ.

ސުޕް މޭޒުމައްޗަށް ނަގަންވީމާ އޭގެ ތެރެއަށް ކްރީމް އެއްކުރާށެވެ.

ނޯޓް: މިއީ ޖެމީ އޮލިވަރގެ ރެސިޕީ އެކެވެ.  ނަމަވެސް ރެސިޕީގެ އަސްލުގައި ބޭންުނކޮށްފައިވާ ޗައިވްސްގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ހަރބްސް އެވެ. ހަރްބސްގެ ބަދަލުގައި ފެހި ފިޔާ ވެސް ބޭނުންކުރެވިދާނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.