އާފަތިސް ރޯދަ ބަދިގެ: ގްރިލްޑް ޓެންޑަރ ޗިކެން

ބޭނުންވާނެ ބާވަތްތައް:

1 ކުކުޅު

8 ލޮނުމެދު

2 މޭޒުމަތީ ސަމުސާ ރާހުތް

ބޮޑު ލުނބޮއެއްެގެ ¼

މޭޒުމަތީ ސަމުސަލެއްގެ ބަޓަރު

އަސޭމިރުސް/ލޮނު

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ފަޅިކޮށްފައި ރާހުތުން ދޮވެފައި ބައިގަޑިއެއްހައި އިރު ބާއްވާށެވެ. ދެން އަސޭމިރުހާއި ލޮނުކޮޅު ކުކުޅުގެ ތެރެއަށް އެއްކޮށް ބަޓަރުކޮޅަކާއެކު ކުކުޅުގެ ތެރެއަށް ވަންނަވަރަށް އެއްކޮށްލާށެވެ.

ދެން ޓްރޭއަކަށް ލާށެވެ. އަދި ލުނބޮއާއި ލޮނުމެދު ކުކުޅުގެ މަތީގައާއި ކައިރީގައި އަތުރާލާށެވެ. ދެން ޓްރޭގެ ތެރެއަށް ބަޓަރު ސަމުސަލެއް ލާށެވެ. އެއަށްފަހު އަވަން ހޫނުކޮށް 45 ވަރަކަށް މިނެޓުވަންދެން ފިހޭށެވެ. ފިހެވޭއިރު ލޮނުމެދާއި ލުނބޯގެ ރަހަ ހުންނާނި ކުކުޅުގެ ތެރެއަށް ރަނގަޅަށް ވަދެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.