އާފަތިސް ރޯދަ ބަދިގެ: ޗޮކްލެޓް ޕެއަރ ޕުޑިން

ބޭނުންވާނެ ތަކެތި:

2 ދަޅު ޕެއަރ

1 ޖޯޑު ފުށް

ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ކޮކޯ

ޖޯޑެއްގެ ތިންބައިކުޅަ ދެބައި ހިމުން ހަކުރު

މޭޒުމަތީ ސަމުސަލުގެ ދިހަ ސަމުސާ ބަޓަރު

ސައިސަމުސަލެއްގެ ބޭކިން ޕައުޑަރ

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ބޭކިން ސޮޑާ

2 ކުކުޅު ބިސް

ދެ ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

200 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރާށެވެ. އަދި 8 އިންޗި ބައި ބޭކިން ތަށްޓެއްގައި ބަޓަރު ނުވަތަ މާޖިރީން އުނގުޅާށެވެ.

ޕެއަރސް ދަޅުގައި ހުރި ޖޫސް އެހެން ތަށްޓަަކަށް ހުސްކުރުމަށްފަހު ބޭކިން ތަށީގައި ޕެއަރސް އަތުރާލާށެވެ.

ޕުޑިން އަށް ބޭނުންވާ އެހެން ހުރިހާ ބާވަތެއް މިކްސަރަކަށް ނުވަތަ ފުޑް ޕްރޮސެސަރ އަކަށް އަޅައި އެއްކުރާށެވެ.

ދެން އެ މިކްސަރު ޕެއަރސް ގެ މަތީގައި ފަތުރާލާށެވެ. އަދި އަވަނަށް ލައި 30 މިނިޓް ވަންދެން ފިހޭށެވެ.

އަވަނުން ނެގުމަށްފަހު 5 މިނިޓް ނުވަތަ 10 މިނިޓްވަންދެން ބެހެއްޓުމަށްފަހު ކަފާލާށެވެ.

މި ރެސިޕީއިން 8 ނުވަތަ 9 މީހުންނަށް ސާވް ކުރެވޭނެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.