އާފަތިސް ރޯދަ ބަދިގެ: ބްރެޑް އެންޑް ބަޓަރ ޕުޑިންގ

ބްރެޑް އެންޑް ބަޓަރ ޕުޑިންގ

ބޭނުންވާނެ ތަކެތި:

50 ގުރާމު ބަޓަރު

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ނުވަތަ 3 ސަމުސާ އެޕްރިކޮޓް ޖާމު

ކުޑަ ޕާނެއް

މޭޒުމަތީ ސަމުސަލުގެ 1 ސަމުސާ ނުވަތަ ސަމުސާ ފޮނިތޮށި 

މޭޒުމަތީ ސަމުސަލުގެ 4 ސަމުސާ ހަކުރު

35 ގުރާމް ހިކި މޭބިސްކަދުރު

2 ޖޯޑު ކިރު

ބައި ޖޯޑު ޑަބަލް ކްރީމް

6 ބިސް

ބައި ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

1. 180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 18 އިންޗި 13 އިންޗީގެ ޓްރޭ އެއްގައި މާޖިރީން ނުވަތަ ބަޓަރު އުނގުޅާށެވެ.

2. މަޑު ގިނީގައި ޖޭމް ކޮޅު ވިރެންދެން ހޫނު ކުރާށެވެ. ވިރުމުން އުނދުންމަތީން ނަގައި ސެޓް ހިހޫ ކުރަން ބަހައްޓާށެވެ.

3. ޕާން ފޮތިތައް 4 ސްލައިސް އަށް ކޮށައި އެއްފުށުގައި ބަޓަރު އުނގުޅުމަށްފަހު ބޯތަށްޓެއްގައި ބަހައްޓާށެވެ. ދެން ޓްރޭގެ ތެރެއަށް ފޮނިތޮށްޓާއި މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ހަކުރާއި، ހިކި މޭބިސްކަދުރު އަޅާށެވެ. އޭގެ މަތޒިގައި ވިރުވާފައި ހުރި ޖާމު ފަތުރާލާށެވެ. ޕުޑިން ގްލޭޒް ކުރުމަށް ކުޑަ ޖާމަ ކޮޅެއް ބަހައްޓަންވާނެއެވެ.

4. ކިރާއި، ކްރީމާއި، ބިހާއި، ވެނީލާ އެސެންސާއި އަދި މޭޒުމަތީ ސަމުސަލުގެ 1 ސަމުސާ ފޮނިތޮށި އަޅައި މިކްސަރެއްގައި ރަނގަޅަށް އެއްކުރާށެވެ. މި މިކްސްޗަރުގެ ދެބައިކުޅަ އެއްބައި ޕާނުގެ ތެރެއަށް އޮއްސާލާށެވެ. ޕާން ކުޑަކޮށް ފޯވުމުން ނަގައި ޓްރޭގައި އަތުރާލާށެވެ. އަތުރަންވާނީ ކައިރިކައިރީގައި ފަށަލައަށް ވާ ގޮތަށެވެ. ދެން މިކްސްޗަރުގެ ބާކީ ހުރިބައި ޕާނުގެ މައްޗަށް އޮއްސާލާށެވެ، އަދި ބާކީ ހުރި ހަކުރާއި ފޮނޮތޮށި އޭގެ މައްޗަށް ބުރުވާލާށެވެ.

5. އަވަނުގައި 35 މިނިޓް ނުވަތަ 40 މިނިޓް ވަންދެން ފިހޭށެވެ.

6. ކާން މޭޒުމައްޗަށް ނެގުމުގެ ކުރީން ވިރުވާފައި ހުރި ޖާމްގެ ބާކީ ޕުޑިންގެ މަތީގައި ހާކާލާށެވެ.

މި ރެސިޕީއިން 8 މީހަކަށް ވާ ވަރަށް ޕުޑިން ތައްޔާރު ކުރެވޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.