ހުއިފިލަނޑާ ނަގަން ފީނި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ރ. ވަންދޫ: ފޮޓޯ ޕީއެސްއެމް

ހުއިފިލަނޑާ ނަގަން ރ. ވަންދޫ ހުޅަނގު ފަރާތަށް ފީނި 33 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފީނިތާ ދެގަޑިއިރުވީފަހުން ވެސް ޚަބަރެއް ނުވުމުން ކަމަށެވެ. އޭނާގެ ޚަބަރެއް ނުވެގެން އޭނާއާއެކު ދޯނިން ދެންދިޔަ މީހުން ރ. ދުވާފަރު ޕޮލިސް ސްޓޭޝަނަށް އަންގައިފައިވަނީ ހެނދުނު 10:25 ގައެވެ. ފުލުހުން ވިދާޅުވީ 10:30 ގައި އެމަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް އަންގައިފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިހާރުދަނީ ކުރަމުން ކަމަށާއި މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު ފެހިހިޔާގޭ ޢަބްދުﷲ އާދަމް ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހުން ލަނޑާނަގަންދިޔައީ އަންބަރާ ނަމަކަށް ކިޔާ ދޯންޏެއްގައެވެ. އެމީހުން ލަނޑާ ނަގަން ޑައިވްކުރަން ފެށީ ހެނދުނު 8:45 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.