ޑރ.ޖަމީލާއި އަކުރަމު ހޯދާތީ އިދިކޮޅު ކޯލިޝަން ކަންބޮޑުވެއްޖެ

big_uU6hkFFbCFbtzQQ

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ޗެއާމަން އަދި އެމްޑީޕީގެ އެކްޓިވިސްޓު ފުލުސް އޮފީހަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާތީ، އިދިކޮޅު އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ އިދިކޮޅު އިއްތިހާދުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެއިއްތިހާދުގެ ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދާއި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް އަދި އަކްރަމް ކަމާލުއްދީނާ މެދު ކުރާ ތުހުމަތުތަކަކީ އެއްވެސް އަޞްލެއް ތުހުމަތުތަކެއްކަމަށާ، އެކަން އެންމެ މަތީ ދަރަޖައިގާ ކުށްވެރިކުރާކަމަށެވެ.

" ޑރ. މުހަންމަދު ޖަމީލް އަޙްމަދާއި އަކްރަމް ކަމާލުއްދީނާއި މެދު ފުލުހުން އާންމުކޮށްފައިއެވަނީ އެއްވެސް އަޞްލެއް ނެތް އަދި މުޅީން ދޮގު ތުހުމަތުތަކެކެވެ.

ސިއްރު ހެކިވެރިއަކު (ބުނެވޭ ގޮތުގައި މައްސަލާގައި ބަންދުކުރެވިފައި ހުރި ފުލުހަކު އަޑު ބަދަލުކޮށްގެން) ކޯޓަށް ހެކިބަސް ދިނުމަށް ހަމަޖައްސައި، ރައީސް ޔާމީން ހައްޔަރުކުރުމަށް ޞައްހަނޫން ކޯޓް އަމުރެއް ނެރުމުގެ ފަހަތުގައި ތިއްބެވީ ޑރ. މުހަންމަދު ޖަމީލް އަޙްމަދާއި އަކްރަމް ކަމާލުއްދީން ކަމުގައި އެ “ހެކިވެރިއާ” ބުނިކަމަށް ވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދިކަން އިޢުލާން ކުރިތާ 24 ގަޑިއިރުވެސް ހަމަނުވެ އޮއްވައެވެ.

ދިވެހި ސަރުކާރުން ސިޔާސީ ވާދަވެރިންނަށް ދުއްތުރާ ކޮށް ޖަރީމާތަކަށް ތުހުމަތުކުރުމުގައި ފުލުހުންނާއި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމައިން ބޭނުން ކުރާކަމުގެ ފާޅުކަންބޮޑު އަދި އަލިގަދަ އެއް ހެއްކަކީ މި ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެހެކިވެރިއާ ކޯޓުގައި ބުނެފައިނުވާތީއެވެ." އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

ޑރ.ޖަމީލާއި އަކުރަމް ފުލުހުސް އޮފީހަށް ހާޒިރުކުރުމަށް ކުރެވޭ މަސައްކަތަކީ، އިދިކޮޅު އިއްތިހާދުގައި އެދެބޭފުޅުން ކުރައްވާ މަސައްކަތުގެ ސަބަބުން ސަރުކާރުން ކުރިމަތިކުރާ ކަންތައްތަކެއްގެގޮތުގައި އެއިއްތިހާދުން ތުހުމަތުކުރެއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި ޑރ.ޖަމީލައި އަކުރަމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ފުލުހުން ތަހުގީގުކުރާ މައްސަލަތަކަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ހިމެނޭ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރަން ސައްޙަނޫން ކޯޓު އަމުރު ނެރުނީ ޑރ.ޖަމީލް ވިދާޅުވެގެން ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި ސިއްރުން ހެކި ބަސް ދިން ފުލުހުންގެ މީހަކު ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު ޖަމީލް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.