ރޭގެ މުޒާހަރާއިން ބަންދުކުރި 15 މީހުން މިއަދު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 15 މީހުން މިއަދު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭގެ މުޒާހަރާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 14 ފިރިހެނުންނާއި އަންހެނެކެވެ. ރޭ ބަންދުކުރި މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުވެސް ހިމެނެއެވެ. މިއަދު އޭނާވެސް ވަނީ ދޫކޮށްލައިފައެވެ.

މިމަހުގެ 16 ވަނަދުވަހުގެ ރެއާއި 17 ވަނަދުވަހުގެރޭ ބޭއްވި މުޒާހަރާއިން ޖުމްލަ 156 މީހުން ބަންދު ކުރިއަށް މައުލޫމާތުވަނީ ލިބިފައެވެ.
ސްޕްރީމްކޯޓުން ފެބުރުއަރީ އެކެއްގައި ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން ބާއްވާ ސިލްސިލާ މުޒާހަރާ މާލެއާއި ބައެއް ރަށްރަށުގައި އަދިވެސް ކުރިއަށް ދެއެވެ.

އިދިކޮޅު އިއްތިހާދުން ބުނެފައިވަނީ ސިޔާސީ ކުށްވެރިންނާއި، ދޫނިދޫގައި ތިއްބެވި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށް އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ކުރަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.