އަންހެނުންނާއި ކުޑަކުދިންތިބި ލޯންޗެއް ދިޔަވަމުން ދަނިކޮށް މީހުން ސަލާމަތްކޮށްފި

ބަޔާޅީސް (42) މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވަމުންދަނިކޮށް އޭގައި ތިބިމީހުން ފުލުހުންގެ ލޯންޗަކަށާއި މަހިބަދޫގެ ލޯންކަށް ނަގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 42 މީހުންގެ ތެރޭގައި 14 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އެމީހުންގެ ތެރޭގައި ދޭސީންނާއި ބިދޭސީން ވެސް ހިމެނެއެވެ. އެމީހުންނަށް އެހީވުމަށް މަހިބަދޫ ސީއެމްބިޔުލާންސް ވެސް ޙަރަކާތްތެރިވެފައިވެއެވެ.

ދިޔަވި ލޯންޗުގައި ތިބި މީހުން ލޯންޗުތަކަށް ހުސް ކުރުމަށްފަހު އެލޯންޗު މިހާރުދަނީ ދަގެއްޗަށް ދަތުރުކުރަމުންނެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ލޯންޗަކީ "ފަޒަސް 5" ނަމަކަށްކިޔާ ލޯންޗެކެވެ. ލޯންޗު ދިޔަވާންފެށީ މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަތުރުކުރަމުންދަނިކޮށްނެވެ. މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 5:38 އެހައިކަންހާއިރު ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.