އިންޖީނު ހުއްޓުނު ބޯޓަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ރ. ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރު ކުރަމުންއައި "އަލްމާސް" ބޯޓުގެ އިންޖީން ހުއްޓިގެން ސިފައިން އެބޯޓަށް އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ އެ ބޯޓުގެ އިންޖީން ހުއްޓިފައިވަނީ ބ. ހިތާދުއާއި ގޮއިދުއާ ދެމެދަށް ކަމަށެވެ.

މިޙާދިސާގެ މަޢުލޫމާތު ސިފައިންނަށް ލބިފައިވަނީ ރޭ ދަންވަރު 1:39 އެހައިކަންހާއިރު ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. އެ މަޢުލޫމާތު ލިބުމާއެކު ކޯސްޓް ގާޑު ސިފައިން ވަނީ އެބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފައެވެ.

އަށްޑިހަ ފޫޓުގެ މި ބޯޓު އިންޖީނު ހުއްޓުނުއިރު އޭގައި 67 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިފައިންގެ އެހީތެރިކަމާއެކު އެބޯޓުގެ އިންޖީން މިހާރުވަނީ އިސްޓާޓު ވެފައެވެ. ބޯޓު އަނެއްކާ ވެސް ވަނީ މާލެއަށް އައުމަށް ދަތުރު ފަށައިފައި ކަމަށް ޢާޒިމް ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.