ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

މުދާ އުފުލާ 95 ފޫޓުގެ ދޯންޏެއް ކ. ޒިޔާރަތްފުށީ އިރުދެކުނު ފަރާތު ފަރަށް އަރައިފިއެވެ. ރޭ ފަތިހު ހިނގި މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނުއެވެ.

މައުލޫމާތި ލިބުމުން އެދޯންޏަށް އެހީވުމަށްޓަކައި އެ ސަރަހައްދަށް ދާން އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކުންދަނީ ތައްޔާރުވަމުންނެވެ. "މަސް ނަނު" ނަމަކަށް ކިޔާ އެދޯނީގެ ވެރިފަރާތުން މިހާރު ގެންދަނީ އިތުރު އުޅަނދެއްގެ އެހީގައި އެދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީފުން ވިދާޅުވިއެވެ.

މި ދޯނި ފަރަށް އަރައިފައިވަނީ މާލެއިން މުދާ ބަރުކޮށްގެން ބ. އަތޮޅަށް ދަތުރު ކުރަމުން ދނިކޮށެވެ. ދޯނި ފަރަށްއެރި އިރު އޭގައި ގިނަ އަދަދެއްގެ ހިލައާއި، ހިލަވެއްޔާއި، ސިމެންތި ހުއްޓެވެ. ދޯނި ފަރަށް އެރިއިރު އޭގައި ދަތުރު ކުރަމުންދިޔައީ 3 ބިދޭސީއަކާއި ދިވެއްސެކެވެ.

މިހާދިސާ ހިނގީ ރޭ ފަތިހު 5:15 އެހައިކަންހާ އިރުއެވެ. އެމްއެންޑީއެފަށް އެމައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:00 އެހައިކަންހާ އިރުއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދ ނޭނގެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.