ޑރ. އަފްރާޝީމް ޢަލީ އާއި ރިލްވަން އަޙްމަދް އަދި ޔާމީން ރަޝީދުގެ މައްސަލައިގައި މައުލޫމާތު ދޭން ބޭނުންވާ މީހުންނަށް މަރުތަކުގެ މައްސަލަ ތަހުގީގުކުރައްވާ ކޮމިޝަނުން ހުޅުވާލައިފިއެވެ. ކޮމިޝަނުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "އަފްރާޝީމް، ރިލްވާން އަދި ޔާމީން ރަޝީދުގެ ކޭސްތަކުަ ކޮމިޝަނަށް ބޭނުން ހިފޭނެހެން ހީވާ އެއްވެސް މައުލޫމާތެއް ދޭން ބޭނުންވާ މީހަކު ހުރި ނަމަ ޑީއެމް (ޓުވިޓަރ މެދުވެރިކޮށް ކުރާ މެސެޖް) ކޮށްދިނުން" އެދިވަޑައިގަންނަވާ ކަަމަށެވެ.
Afraasheem, Rilwan adhi Yameen Rasheed ge case thakuga commission ah beynun hifeyne hen heevaa evves mauloomaatheh dheyn beynunvaa meehaku hurinama DM koh dhinun edhen.
— Commission on Disappearances and Deaths (@DdcomMdv) December 27, 2018
އަދި މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ސިއްރުކޮށް، ފުރިހަމަ ސަލާމަތާ ރައްކާތެރިކަން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ޓުވިޓަރ މެސެޖް މެދުވެރިކޮށް މައުލޫމާތު ފޮނުވަނީ ނުވަތަ ދެނީ އައިޑެންޓިޓީ ސިއްރުކުރުމަށް ބާރުއަޅަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮމިޝަނަށް މިހާތަނަށް ގިނަ ޢަދަދެއްގެ މައްސަލަ ހުށަހެޅިފައިވާ ކަމަށް ކޮމިޝަންގެ ރައީސް އަލްއުސްތާޒް ޙުސްނުއްސުޢޫދް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އަދި މިއަދަކީ މައްސަލަތައް ހުށަހެޅުމަށް އާއްމުންނަށް ހުޅުވާލާފައިވާ މުއްދަތު ހަަމަވާ ދުވަސް ކަމަށާއި ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލު މިއަންނަ އާދީއްތަ ދުވަހު އިޢުލާން ކުރައްވާނެ ކަމަަށްވެސް ވިދާޅުވެފައިވެއެވެ.