މަރާލާފައިވާ މީހުންގެ މައްސަލަބަލާ ކޮމިޝަނުން މުނާޒް އިސްތިޢުފާ ދެއްވައިފި

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" ގެ މެންބަރުކަމުން ހެންވޭރު މާފިޔަ، ޢަބްދުﷲ މުނާޒް އިސްތިޢުފާ ދެއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ކޮމިޝަނުން އޭނާ އިސްތިޢުފާ ދެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އޭނާގެ ބަދަލުގައި އަދި މީހަކު އެމަޤާމަށް ޢައްޔަނެއް ނުކުރައްވައެވެ.

މިކޮމިޝަނަކީ 5 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސަކީ ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ދެން އެކޮމިޝަނުގައި ރައީސް ހިމެނުއްވީ އިސްތިއުފާ ދެއްވި ޢަބްދުﷲ މުނާޒާއި، އާދަމް އިބްރާހީމާއި، އަލްއުސްތާޛާ ފަރީޝާ ޢަބްދުﷲ އާއި، ކުރީގެ ނޫސްވެރިޔާ މިޞްބާޙް ޢައްބާސް އެވެ.

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ  މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ  އިދާރާއަކަށް  ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.