ޑރ އަފްރާޝީމް މަރާލި މައްސަލައިގެ ތަޙްޤީޤުގެ ދެހަފްތާތެރޭގައި ނިންމަނީ

ދިނީ ޢިލްމުވެރިޔާ ޑރ އަފްރާޝީމްޢަލީ މަރާލި މައްސަލައިގެ ތަޙްޤީޤުގެ ދެހަފްތާތެރޭގައި ނިންމައިލެވޭނެކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު ވިދާޅުވީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލަވެސް ވަރަށް ބޮޑުބައި ވަނީ ނިމިފައި ކަމުގައެވެ.
ޑރ އަފްރާޝީމްގެ މަރުގެ މައްސަލައާއި ރާއްޖޭއިން ސީރިއާއަށް ހަނގުރާމަ ވެރިން ފޮނުވުމަށް ހަރަކާތްތެރިވާ ހަރުކަށިކަމާޢަތާ ގުޅުން އޮތްތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސުޢޫދު ވިދާޅުވީ ޑރ އަފްރާޝީމްގެ މަރާބެހޭ މަޢުލޫމާތު ފަހުން ހާމަކުރައްވާނެކަމަށެވެ. ނަމަވެސް ރިލްވާންގެ މައްސަލައިގެ މަޢުލޫމާތު ހާމަކުރައްވަމުން ވިދާޅުވީ ޑރ އފަރާޝީމް މަރާލިރޭ އެ ޖަމާޢަތަށް ނިސްބަތްވާ ދެ މީހަކު ފުރައިގެން ސީރިއާ އަށް ދިޔަކަމަށެވެ.
ޔާމީން ރަޝީދު މަރާލުމަށް ރާވާ ފައިނޭންސް ކުރި މީހުންނާއި ރިލްވާން ޢަބްދުﷲ ކިޑްނައިޕްކޮށް މަރާލުމުގައި ރާވައި ފައިނޭންސ ކުރި މީހުންނާ އެއީ އެއްބައެއް ބައެއް ކަމަށް ސުޢޫދު ވަނީ ވިދާޅުވެފައެވެ.
ކޮމިޝަންގެ ރައީސް ސުޢޫދު ވިދާޅުވީ އެކޮމިޝަނުން ބަލަމުންދަނީ ހަމައެކަނު އެ ތިން މައްސަލަ ނޫންކަމަށެވެ. ގޮތް ނޭނގޭ މަރުތަކާ ބެހޭ 27 މައްސަލަ އެއް ބަލަމުންދާއިރު މިހާރު މަސަކަތް ނިންމާ ނުލެވި ވަނީ ހަތަރު ފަސް މައްސަލައެއްކަމަށް، ސުޢޫދު ފާހަގަކުރެއްވިއެވެ. ނުވަމަސް ދުވަސް ތެރޭގައި ކުރެވިފައިވާ މަސައްކަތްޕުޅާމެދު ހިތް ހަމަ ޖެހިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
" ނުވަ މަސް ދުވަހުގެ ތެރޭގައި ކުރެވުނީ ކާމިޔާބު މަސައްކަތް ތެކެއް. ނުވަމަސް ދުވަސް 27 ން ގެއްލައިފިނަމަ، މިމައްސަލަ ބެލުމަށް ހޭދަވި ވަގުތަކީ ކުޑަވަގުތެއްކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުމެންގެ (ކޮމިޝަންގެ) މަސައްކަތް ލަހެއް ނޫން. މި ސަރުކާރުން ޢަދުލު އިންސާފު ހޯދައި ދިނުމަށް އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ މަސައްކަތް އަޅުގަނޑުމެނަށް ކާމިޔާބު ކަމާއެކީ ކުރެވޭ" ރިޔާސީ ކޮމިޝަންގެ މަސައްކަތާ ބެހޭގޮތުން އެކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.