މަރު ތަހުގީގުކުރާ ކޮމިޝަނަށް އަޙްމަދް އަޝްރަފް (ޝުމްބާ) ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފި

ފޮޓޯ: ސޯޝަލްމީޑިއާ

ގެއްލިފައިވާ ނޫށްވެރިޔާ އަޙްމަދް ރިލްވާނުގެ މައްސަލައިގައި އަޙްމަދު އަޝްރަފް (ޝޫމްބާގޮންގް) މަރު ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ބުރާސްފަތި ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް  އަޙްމަދު އަޝްރަފް ހާޒިރު ކޮށްފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އޭނާ ކޮށްފައިވާ ޓުވީޓުތަކަކާ ގުޅިގެން ކަމަށެވެ.

"ބަޔަކު ރާވައިގެން އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާުމާ ގުޅޭގޮތުން އަޙްމަދް އަޝްރަފް (ޝުމްބާގޮންގް) 2014ވަނަ އަހަރު ގެ އޯގަސްޓު މަހުގެ ތެރޭގައި ކޮށްފައިވާ ޓުވީޓުތަކަކާ ގުޅިގެން އޭނާ މި ކޮމިޝަނަށް ހާޒިރުކޮށް، ކޮމިޝަނުން އެކަމާ ބެހޭގޮތުން އޭނާ ކުރެން މައުލޫމާރު ސާފުކޮށްފި"، އެ ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

އާފަތިހުން ދެންނެވި ސުވާލަކަށް ޖަވާބު ދެމުން އަޝްރަފް ބުނެފައިވަނީ، "ކޮމިޝަނުން އަހާފައިވަނީ 2014ވަނަ އަހަރު ގެ އޯގަސްޓު 18ގައި ރިލްވާން އާއި ބެހޭ ގޮތުން ކޮށްފައިވާ ޓުވީޓެއްގެ ސްކްރީންޝޮޓް ތަކަކާ ބެހޭ ސުވާލުތަކެއް" ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ ފަރާތުން ތަހުގީގުގައި ޢަމަލު ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ބުންޏެވެ.

މީގެ އިތުރުން އަޝްރަފް ވެސް ވަނީ ކޮމިޝަނަށް ހާޒިރުވެ އެތަނަަށް ދޭންޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ވެސް  އެވާހަކަ ހިއްސާކޮށްފައެވެ.

"ޓުވީޓުތަކާއި ގުޅިގެން ކޮމިޝަން އޮން ޑީސެޕިއަރެންސް އެންޑް ޑެތްސް އެހި ސުވާލުތަކަށް ދޭންޖެހޭ މައުލޫމާތު އެއް ވާނީ، ހާޒިރުވެ، މިއަދު ދީފައި" ކަމަށް އަޝްރަފްގެ ސޯޝަލްމީޑިއާ ޕޯސްޓުގައި ލިޔެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.