ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލާ ގުޅިގެން ނޫސްެވެރި ކަމުގައި ފާހަގަ ކޮށްލެވުނު ގިނަ ނޫސްވެރިން ތަކަކަށް ވަނީ ޚާއްޞަ ޝަރަފުގެ އިނާމު ލިބިވަޑައިގެންފައެވެ. އިނާމު ލިބިވަޑައިގެންނެވި އެންމެހައި ނޫސްވެރިންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަމެވެ. އަދި ނޫސްވެރިންގެ އަގުވަޒަންކޮށް އެފަދަ އިނާމެއް ދެއްވީތީ އެކަން އިންތިޒާމުކުރެއްވި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ނަމަވެސް އެ އިނާމު ދެއްވުމުގައި އުނިވި ބައެއް ކަންކަން ފާހަގަ ކޮށްލުމަކީ ނެތް ކަމެއްނޫނެވެ.
އަޅުގަނޑަށް އެރަސްމިއްޔާތަށް ދިއުމުގެ ޝަރަފު ލިބުނެވެ. އެފަދަ ވަރުގަދަ ޝަރަފުވެރި އިނާމެއް ދެއްވާއިރު އެ އިނާމު ދެއްވުމުގައި ބެއްލެވި މިންގަނޑާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް އަލިއަޅުވާލުމެއް އިވިގެން ދާނެކަމަށް އުއްމީދު ކުރެވުނެވެ. އެކަން އޮތީ ސިއްރު ވެފައެވެ. އެހެންނަމަވެސް އިނާމު ލިބިވަޑައިގެންނެވި ނޫސްވެރިންގެ ކުރު ޕްރޮފައިލެއް ފެނިގެން ދިޔައެވެ.
ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ އިނާމު ދެއްވައިފައިވާ ގޮތުންނާއި އެ އިނާމު ދެއްވުމުގައި ބެއްލެވި އުޞޫލުތައް ހާމަކޮށްފައި ނުވުމުން ގިނަބައެއްގެ ފާޑުކިޔުން މީޑިއާ ކައުންސިލަށް ވަނީ ކުރިމަތި ވެފައެވެ. އިނާމު ޙައްޤުވާ ކަމަށް ދެކޭ ބައެއް ފަރާތްތަކުގެ ނަންވެސް ވަނީ ހާމަކޮށްފަވެ. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ޕްރޮފައިލްތަކުން ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އެބޭފުޅުންނަށް އެ އިނާމު ލިބިވަޑައިގެންފައިވަނީ ނޫސްވެރިކަމުގައި ކޮށްދެއްވައިފައިވާ ޚިދުމަތަށް ބައްލަވައިފައެވެ. އޭގެ ތެރޭގައި ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމާއި ނޫސްވެރިކަމުގައި ދެމިހުރުން ފާހަގަކު ރެވުނެވެ.
ނޫސްވެރިކަމުގެ ފެށުން ބަލައިފައިވަނީ ޕްރިންޓް މީޑިއާގެ ފެށުމަށް ކަމަށް ވުމުން އިނާމު ދެއްވުމުގައި ބައްލަވައިފައިވަނީ ހަމަ އެކަނި ޕްރިންޓް މީޑިއަމްގައި މަސައްކަތް ކުރުމުގެ ޚިދުމަތަށްތޯވެސް ސުވާލު އުފެދުނެވެ. އަދި ނޫސްވެރިން ތަމްރީނުކުރުމުގެ ޚިދުމަތަކީ ނޫސްވެރިކަން ދަމަހައްޓަން ކުރެވޭކަމެއް ނޫން ބާވައޭވެސް ހިތަށް އެރިއެވެ. ސަބަބަކީ އެފަދަ ޚިދުމަތްތެރި ބޭފުޅުންނަށް ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ އިނާމު ލިބިވަޑައިގެންފައި ނުވާތީއެވެ.
އެއް މުއްދަތެއްގައި ނޫސްވެރިކަމުގައި މަސައްކަތްކުރި ނޫސްވެރިންގެ ތެރެއިން ބައެއް ނޫސްވެރިންނަށް އިނާމު ލިބިފައި އަނެއްބައި ނޫސްވެރިންނަށް އިނާމު ނުލިބުނީ ކީއްވެގެންތޯވެސް ސުވާލު އުފެދުނެވެ. އަދި އިލެކްޓޯނިކް މީޑިއާގައި ދިގުމުއްދަތަކަށް ޚިދުމަތްކުރި ނޫސްވެރިންނަށް އިނާމު ލިބިފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.
ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެއްވެސް އަންހެން ނޫސްވެރިިއެއް ނެތެވެ. އެއިނާމު ލިބޭ ފެންވަރުގެ އަންހެން ނޫސްވެރިއެއް ރާއްޖޭގައި ހަމަ ނެތީތޯއެވެ؟ ނޫސްވެރިކަމުގެ އިނާމު ހައްޤުވާ މުއްދަތެއްގައި މަސައްކަތް ކުރި އަންހެން ނޫސްވެރިއެއްވެސް ރާއްޖޭގައި ނެތީތޯއެެވެ؟ ނުވަތަ އަންހެނަކަށްވީތީ ކުރެވޭ ތަފާތު ފެނިގެން ދިޔައީތޯ އެވެ؟
ނޫސްވެރިކަމުގެ އަލިމަސް ޔޫބީލާ ގުޅިގެން މީޑިއާ ކައުންސިލުން ވަނީ ފޮތެއް ނެރެފައެވެ. އެކައުންސިލްގެ އެދިވަޑައިގެންނެވުމަކަށް އަޅުގަނޑު ވާނީ ރާއްޖޭގެ ނޫސްވެރިކަމުގައި އަންހެނުންގެ ދައުރާ ބެހޭ ގޮތުން ވަރަށް ތަފްޞީލް ލިޔުމެއް އެ ފޮތަށް ލިޔެފައެވެ. އެލިޔުމުން ރާއްޖޭގައި އަންހެން ނޫސްވެރިން ދައުރާއި އަންހެން ނޫސްވެރިންނަށް ކުރިމަތިވި ގޮންޖެހުންތައް ފެންނާން އޮންނާނެއެވެ. އެލިޔުމުންވެސް ނޫސްވެރިކަމުގެ އިނާމު ދެވޭވަރުގެ ޚިދުމަތް ތެރި އަންހެން ނޫސްވެރިއެއް ފެނަން ނެތީބާއެވެ؟ އަޅުގަނޑުގެ ލިޔުމުގައި ފާހަގަކޮށްފައިވާނެ ބައެއް ކަންކަމަށް ބަލައިލާނަމަވެ. ނޫސްވެރިކަމުގެ 75 އަހަރުގެ ތާރީޚެއް އޮތްކަމުގައި ވިއަސް ނޫސްވެރިކަމުގައި "އަންހެނުންގެ ޢުމުރު" ހަގު ކަމެވެ. ޕްރެޒެންޓަރުންގެ ގޮތުގައި ގިނަ ޢަދަދަކަށް އަންހެނުން މަސައްކަތް ކުރަމުން ދިޔަކަމުގައި ވިއަސް ނޫސްވެރިންގެ ގޮތުގައި އަންހެނުން މަސައްކަތްކުރަން ފަށައިފައި ވަނީ 1990 ގެ ތެރޭގައެވެ. އަޅުގަނޑު ހޯދި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަންފެށި އަންހެނަކީ ޝެހެނާޒް ޢަލީ އެވެ. އެއީ ދިވެހި ރާއްޖޭގެ އަޑުގައެވެ. ދިވެހިރާއްޖޭގެ އަޑުގައި ޝެހެނާޒް މަސައްކަތްކުރަން ފަށައިފައި ވަނީ 1983 ވަނަ އަހަރުއެވެ. ނަމަވެސް އޭރު އޭނާގެ މަސައްކަތަކީ ރޭޑިއޯ ޓެލެފޯނު މެދުވެރިކޮށް ރަށްރަށުގެ މަޢުލޫމާތު އެއްކުރުމާއި ޚަބަރު ލިޔުމެވެ. ނޫސްވެރިކަމަށް ޝަޢުޤުވެރިވީ މިމަސައްކަތުގެ ތެރެއިންކަމަށް ޝެހެނާޒް ބުންޏެވެ. ޝެހެނާޒް ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރަމުން ދިޔަތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ފަހުން 1993 ގައެވެ. އެހެންކަމުން ޝެހެނާޒްގެ ނޫސްވެރިކަމުގެ އުމުރުން ވަނީ 25 އަހަރު ފުރިފައެވެ. ނަމަވެސް ރާއްޖޭގެ މިޑިއާ ކައުންސިލަށް އަލިމަސް ޔޫބީލްގެ އިނާމު ޙައްޤުވާ ފަދަ ޚިދުމަތްތެރި އަންހެން ނޫސްވެރިއެއް ފާހަގައެއް ނުކުރެވުނެވެ. ޝެހެނާޒް މިހާރު މަސައްކަތް ކުރަމުން ދަނީ ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ޕީއެސްއެމްގައި ޙަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާއެވެ.
ޒަމާނުއްސުރެ އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުން ނޫސްވެރިކަމުގެ ދާއިރާއިން ފެނިގެން ދިއުމަކީ ހިތާމަކުރާ ކަމެކެވެ. ތަފާތު ދާއިރާތަކުގައި އަންހެނުންގެ ދައުރު އޮންނަން ޖެހޭނެ ކަމާއި އަންހެނުން ބާރުވެރި ކުރުމުގެ ވާހަކައަކީ މިހާރު އާ ވާހަކަތަކެއް ނޫނެވެ. ނޫސްވެރިކަމަކީ އަންހެނުންނަށް ނުކުރެވޭނެ ކަމެއް ކަމަށް ބައެއް މީޑިއާތަކުން ދެކި، ނޫސްވެރިކަމުގެ ވަޒީފާ އަންހެނުންނަށް ނުދީ ހިފެހެއްޓި ޒަމާނެއްްވެސް ވަނީ މާޒީގެ ތެރެއަށް ގޮސްފައެވެ. ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް އިނާމު ދެއްވުމުގައި ވެސް މިވީ އެފަދަ ގޮތެއްބާއެވެ؟
ޝެހެނާޒަކީ އިލެކްޓްރޮނިކް މީޑިއާގައި މަސައްކަތްކުރާ މީހެއް. ދިވެހިރާއްޖޭގެ އަޑުގެ ފުރަތަމަ އަންހެން ރިޕޯޓަރު. މަސައްކަތުގެ އަގު ވަޒަންކޮށް ދިވެހިރާއްޖޭގެ އަޑުން ޙައްޖަށް ފޮނުވި މުއައްޒަފެއް. އިލެކްޓްރޮނިކް މީޑިއާގައި ނޫސްވެރިންލިޔާ ޚަބަރު އެހެންމީހަކު ކިޔާނީ. ލިޔާމީހާއެއް އަދި އެޑިޓްކުރާ މީހާއެއް ނުފެންނާނެ. އެއީ ސިއްރުންކުރާ ނޫސްވެރިކަމެއްނޫން. ރިހިޔޫބީލްގަ ޢާންމު ޚިދުމަތުގެ އިނާމު ލިބުނު މީހަކަށް ވިއްޔާ އިނާމު ދިންބާ. ނޫސްވެރިކަމުގެ ރިހި ގަލަމާއި ރަންގަލަން ލިބުނު އެންމެންނަށް ދިންބާ. ނުދޭ. އެއީ ބޭއިންސާފު ފެށުނު ހިސާބު. މިހާތަނަށް ހެކި ދީފައިހުރީ ނޫސްވެރިކަމުގެ އިނމަކީ ސަރުކާރުން ބަހާ އެއްޗެއްކަން. ޚިދުމަތެއްކޮށްގެންނަށްވުރެ ސަރުކާރަށް ސަނާކިޔާމީހުންނަށް ދޭ ޝަރަފެއްކަން. ޚާއްޞަކޮށް މައުމޫނު ވެރިކަމުގަ. ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ، ދޭން ތިބޭ މީހުން ދޭންނެތިއްޔަކާ އެއެއް ނުލިބޭ. މޫނިސާއަކީ ޝެހެނާޒަށްވުރެ ނޫސްވެރިކަމުގައި އެތައް ގުނައެއް ހަގު ކުއްޖެއް. ނޫސްވެރިކަމުގެ ޚިދުމަތުގެ އަގު ވަޒަން ކުރެވޭނީ ހަމައެކަނި ނަން މަޝްހޫރުވެގެންނެއްނޫން. ބަލަންވާ ވަރަށް ބަލައިގެން ޢަދުލުވެރިކަމާއެކު އިންސާފުން މަސައްކަތް ކޮށްގެން. މިފަހަރުގެ ރަންޔޫބީލަކީ އެއްވެސް އިންސާފެއްނެތް ގޮތަކަށް މީހުންނަށް އިނާމާއި ޝަރަފު ބެހި ހަރަކާތެއް. އެކަމަށް ނޫސްވެރިންވެސް އެއޮށް ހެކިދެނީ.
Shehenaz akee sirrun noos verikan kurrevvi beyfulheh noon . adhi ehen noonas sarukaarun kameh kuraanama ekamasi behey muahsasaa thsksh gulhsigen msuloomaathu daafu kurumafahu kan kan nimman jeheynee dhivehi raajjeyge adu ves hingee sirruneythoa thi vedhaalhu vanee. Komme khabareh ge fshsthuga khabaru liuvvee shehenaaz kamah bunamun dhiya iru egivadai jugathee redio adu naassavaathee kamah gaboolu kurevey
ތިޔަ ވިދާޅުވާ ސެެހެނާޒެއް ނުދަންނަން. ދުވަހަކު އަޑެއްވެސް ނާހަން. ސިއްރުންކުރާ ނޫސްވެރިކަން ބަލައެއް ނުގަނެވޭނެ. ތިޔަ ނޫސްވެރިޔާއަށް އާއްމު ޚިދުމަތުގެ އިނާމު ލިބުނުބާ؟ ނޫސްވެރިކަމުގެ ރަންގަލަން ލިބުނުބާ؟ ރިހިގަލަން ލިބުނުބާ؟ ބަލަ އެއީ ބަހާ އެއްޗެއް ނޫން. އަންހެން ނޫސްވެރިންވެސް މަސައްކަތް ކޮށްގެން ހޯދަން ޖެހޭ އެއްޗެއް. އަހަރެންނަށް ގަބޫލުކުރެވެނީ މޫނިސާއަށް މާ ހައްގުކަން ތިބުނާ ނޫސްވެރިޔާއަށްވުރެ. ގައިމު ވެސް އެއް ދުވަސްވަރަކު ތިޔަ ނަން މަޝްހޫރުވި.