އާފަތިސް ރޯދަ ބަދިގެ: ޗޮކްލެޓް ޕުޑިން، ސޯލްޓެޑް ކެރެމަލް ސޯސް އާއި އެކު

ބޭނުންވާނެ ތަކެތި:

125 ގުރާމް ބަޓަރު

ޖޯޑެއްގެ ތިންބައިކުޅަ ދެބައި ހަކުރު

3 ބިސް، ގިރާފައި

ދޮޅު ޖޯޑު ސެލްފް ރެއިޒިންގ ފުށް

ޖޯޑެެއްގެ ހަތަރުބައިކުޅަ އެއްބައި ކެޑްބަރީ ކޮކޮއާ

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ކިރު

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ކޮފީ، މޭޒުމަތީ ދެ ސަމުސާ ހޫނުފެނުގައި ގިރާފައި

125 ގުރާމް ކެޑްބަރީ ޑާކް ބޭކިންގ ޗޮކްލެޓް، ބުރިކޮށްފައި

1 ޖޯޑު ކްރީމް

ސައސަމުސަލެއްގެ ވެނީލާ އެސެންސް

ސައި ސަމުސަލެއްގެ ލޮނު

ބައި ޖޯޑު ފެން

75 ގުރާމް ކެޑްބަރީ ޑާކް ބޭކިންގ ޗޮކްލެޓް، ސާވް ކުރުމަށް

ކްރީމް، ސާވް ކުރުމަށް

ތައްޔާރު ކުރާނެ ގޮތް:

ބަޓަރާއި ހަކުރު ކްރީމަށް ވަންދެން އެއްކުރާށެވެ. ދެން ފަހަރަކު ބިހެއް ކްރީމް އާ އެއްކުރާށެވެ. އެއަށްފަހު ފުށާއި، ކޮކޮއާ އާއި ކިރާއި، ކޮފީ އެއްކުރާށެވެ. ދެން ޗޮކްލެޓް އެއްކުރާށެވެ.

މާޖިރީން ނުވަތަ ބަޓަރު އުނގުޅާފައި ހުރި ޕުޑިން ބޭސިން އަކަށް ޕުޑިންގ މިކްސްޗަރު އަޅައި މަތި ޖަހާށެވެ. ނުވަތަ ފޮއިލް އިން މަތި ބަންދު ކުރާށެވެ. ދެން ފުން ތެއްޔެއްގެ ތެރޭގައި ބެހެއްޓުމަށްފަހު ތެއްޔަށް ކެކިކެކި ހުރި ފެން އަޅާށެވެ. ފެން އަޅާނީ ޕުޑިންގ ގެ މެދާ ހަމައަށް އަންނަވަރަށެވެ. ދެން ތެލީގެ މަތި ޖަހައި އާވިން ދޮޅުގަޑި އިރު ކައްކާށެވެ. ފެން ހުސްވާނަމަ ފެން އަޅަމުން ގެންދާށެވެ.

އުނދުން މައްޗަށް ތަވައެއް އުދައި މަޑު ގިނީގައި (ނުކެކޭ ވަރަށް) ބަހައްޓަައިގެން ކްރީމާއި ވެނީލާ އާއި ލޮނު އެއްކުރާށެވެ.

އުނދުން މައްޗަށް އެހެން ތަވައެއް އުދައި ހޫނުމިން މެދުމިނުގައި ބަހައްޓައިގެން ހަކުރާއި ފެން ކައްކާށެވެ، ހަކުރު ރަނގަޅަށް ވިރި ރަންކުލަ އަރަންދެން ކައްކާށެވެ. އޭގެތެރެއަށް މަޑުމަޑުން ކްރީމް އެއްކުރާށެވެ.

ޕުޑިންގެ މައްޗަށް ތައްޔާރު ކުރި ސިރަޕުން ބައެއް އޮއްސާލާށެވެ. ދެން ބާކީ ސިރަޕް އާއި ޗޮކްލެޓާއި ކްރީމް އާ އެކު ކާން މޭޒު މައްޗަށް ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.