މި ހަފްތާގެ ރެިސޕީއަކަށް ހޮވާފައި މިވަނީ އާއިލާ އާއެކު ހަަފްތަ ބަންދު ހޭދަކުރާއިރު ހެނދުނު ސަޔަށް ނުވަތަ ހަވީރު ސަޔަށް ކަމުދާނެ މަފިން އެކެވެ.
ބޭނުންވާނެ ބާވަތްތައް:
3 ވައް ކެޔޮ ( ވަރަށް ބޮޑަށް ދޮންވެފައި)
½ ޖޯޑު ތެޔޮ
2 ކުކުޅު ބިސް
½ ޖޯޑު ބްރައުން ޝުގަރ
1 ޖޯޑު ބައި ފުށް
މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ އަންސްވީޓްންޑް- ކޮކޯ (ފުރާނާފައި)
ސައިސަމުސަލެއްގެ ބޭކިން ސޮޑާ
ތައްޔާރު ކުރާނެ ގޮތް:
200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރަން ޖެއްސުމަށްފަހު މަފިން ތަށިގައި ބޭކިން ޝީޓް ނުވަތަ އަޅައި ތަށިތައް ތައްޔާރުކުރާށެވެ.
ދެން ދެންކެޔޮ އަތުން ނުވަތަ މިކްސަރަކުން ޗިސް ކުރާށެވެ. ޗިސްކުރަމުން ދާއިރު ތެލާއި ބިސް އަދި ހަކުރު އޭގެ ތެރެއަށް އެއްކުރާށެވެ.
ފުށާއި ކޮކޯ އާއި ބޭކިންސޮޑާ ވަކި ތަށްޓެއްގައި އެއްކުރުމަށްފަހު ދޮންކޭލުގެ ތެރެއަށް އަޅަައި މަޑުމަޑުން ގިރާށެވެ. އެއަށްފަހު ސަމުސަލުން މަފިން ތަށިތަކަށް އަޅާށެވެ.
އަދި އަވަނުގައި 15 މިނިޓް ނުވަތަ 20 މިނިޓް ވަންދެން ފިހާށެވެ. އަދި ތަށިން ނެގުމުގެ ކުރީން ނަރުގަނޑެއްގެ މަތީގައި ހިހޫ ކުރަން ބަހައްޓާށެވެ.
މި ރެސިޕީ އިން 12 މަފިން ތައްޔާރު ކުރެވޭނެއެވެ. 12 މަފިން އަށްވުރެ އިތުރަށް މަފިން ފިހެން ބޭނުންވާނަމަ ނިސްބަތުން ހުރިހާ ބާވަތެއް އިތުރުކުރާށެވެ.
ނޯޓް: މިއީ ނައިޖެއްލާ ލޯވސަންގެ ރެސިޕީއެކެވެ.