ޕެރިސް ހިލްޓަން ގެ އިނގިލީގައި އޭނާގެ ލޯބިވެރިޔާ ކްރިސް ޒިލްކާ އެޅުވި އެންގޭޖްމަންޓް އަނގޮޓި އަނބުރައި ދޭން ހިލްޓަން ދެކޮޅު ހަދައިފިއެވެ. މި ދެ މީހުން އެންގޭޖް ވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. މާގިނަ ދުވަސްތަކެއް ނުވެ ދެމީހުންގެ ގުޅުން ނިމުމުން ޒީލްކާ ބޭނުންވަނީ ހިލްޓަންގެ އަތުގައި އޭނާ އެޅުވި 2.75 މިލިއަން ޑޮަލަރުގެ އަނގޮޓި ހޯދާށެވެ.
ނިއުޔޯކް ޕޯސްޓް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަނގޮޓި ގަނެފައިވަނީ ކްރިސްގެ ފައިސާ އަކަށް ނޫނެވެ. އަދި އެއީ ހިލްޓަންގެ ގާތް އެކުވެރިއެއް ކަމުގައިވާ މައިކަލް ގްރީން ހަދިޔާ ކުރި އަނގޮޓިއެކެވެ. ހިލްޓަން ގެ ގާތް އެކުވެރިޔަކާއި ހަވާލާދީ ނިއުޔޯކް ޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި އެއީ ހިލްޓަން ގެ އަނގޮޓިއެކެވެ.
ހިލްޓަން ގެ މިލްކިއްޔާތުގައި 413 މިލިއަން ޑޯލަރު ހުރިއިރު ޒީލްކާގެ މިލްކިއްޔާތުގައި ހުރީ 5.5 މިލިއަން ޑޮލަރެވެ. 2.75 މިލިއަން ޑޮލަރުގެ އަނގޮޓި އެއްގެ ވަހަކަ ފެންމަތިވުމުން އޭރުވެސް މީޑިއާ އިންވަނީ ޒީލްކާ އަނގޮޓި ގަންނަން ފައިސާ ހޯދި ގޮތަކާ މެދު ސުވާޅު އުފައްދާފައެވެ.
ހިލްޓަންގެ ގާތް މީހަކާ ހަވާލާދީ ނިއޔޯކް ޕޯސްޓުން ރިޕޯޓު ކުރާ ގޮތުގައި ހިލްޓަން އާއި ޒިލްކާ އަކީ މިޒާޖު ވަރަށް ތަފާތު ދެ މީހުންނެވެ. އަދި ދެ މީހުން ގުޅުމާ އެކު ހުރިހާ ޚަރަދެއް ކުރަން ޖެހުނީ އޭނާއަށެވެ. އަދި އެންގޭޖް ވުމާއެކު އަނގޮޓީގެ ސެކިއރިޓީ އަށް އިތުރު ހަށިފާރަވެރީން ހޯދަން ޖެހުނެވެ. ސެކިއުރިޓީ ސަބަބުތަކަށްޓަކައި އަނގޮޓީގެ ހަތަރު ފަސް ނަކަލެއް އަގު ހެޔޮކޮށް ހަދާފައިވާ ކަމަށްވެސް މީޑިއާ އިން ރިޕޯޓު ކުރިއެވެ.