ބަލިވެއިންކަން ސިއްރުކުރި ސަބަބު ނެހާ ހާމަކޮށްފި

ނެހާ ދޫޕިއާ އާއި އަންގަދް ބޭދީ މޭ މަހު ސިއްރުން ކަިއވެނި ކޮށް އެކަން އިއުލާން ކުރުމުން ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ. ކާވެންޏާއެކު ނެހާ ބަލިވެ އިންކަމނުގެ އަޑުތައް ފެތުރުނު ނަމަވެސް ނެހާ އާއި ފިރިމީހާ އެއަށް ޖަވާބެއް ނުދެއެވެ. ނަމަވެސް ނެހާ އިނީ ބަލިވެ ނޫންކަމަށް ބުނެ ނެހާގެ ބައްޕަ އެވަހަކަތަކަށް ރައްދު ދިނެވެ.

މިހާރު ނެހާ މިވަނީ ބަލިވެއިންކަން ސިއްރުކުރި ސަބަބު ހާމަކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާ ބަލިވެއިންކަން ސިއްރުކުރީ އޭނާ އެާމެދު މީހުން ގެންގުޅޭ އެޓިޓިއުޑް ބަދަލުވާން އޭނާ ބޭނުން ނުވާތީ އެވެ. އަދި އޭނާ އަކީ ޝޯ ބިޒްނެސް ގަ މަސައްކަތް ކުރާ މީހަކަށްވާތީ 6 މަހާ ހަމައަށް ވެސް ބަނޑު ފާޅުނުވާތީ އެކަމާ އޭނާ ވަރަށް އުފާވީ ކަމަށް ވެސް ނެހާ ބުނެފައިވެއެވެ. އެހެނީ ޝޯ ބިޒްނެސްގައި މީހާގެ ލުކް އަކީ ވަރަށް މުހިއްމު އެއްޗެކެވެ.

ނެހާ ވަނީ އޭނާ ވިހެއުމަށްފަހު މެޓަރނިޓީ ލީވް އެއް ނުނަގާނެ ކަމަށެވެ. ނެހާ އާއި އަންގަދް ގެ ފުރަތަމަ ދަރިފުޅަށް މަރްހަބާ ކިޔާނީ އަންނަ ނޮވެންބަރު މަހުއެވެ.

View this post on Instagram

?

A post shared by Neha Dhupia (@nehadhupia) on

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.