މަމްތާ-މައުޖީ ގެ ބައިސިކަލް ދަތުރު

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާގެ ކުރިއަށް އޮތް ފިލްމު 'ސުއި ދާގަ: މޭޑް އިން އިންޑިއާ' ގެ ޕްރޮމޯޝަންގައި މިދެތަރީން މިދުވަސްކޮޅު އުޅެނީ ވަރަށް ބިޒީ ކޮށެވެ. ފިލްމުގައި ވަރުން މައުޖީ ކުޅޭ އިރު އަނުޝްކާ ކުޅެނީ އޭނާގެ އަންހެނުން މަމްތާގެ ރޯލެވެ. ފިލްމުގެ ކެރެކްޓަރ ބެލުންތެރީންނާ ހަމައަށް މޮޅަށް ގެނެސްދިނުމަށް މި ދެތަރީން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

ފިލްމު އުފައްދާ ފަރާތުން ވަނީ ފިލްމު ނަގަމުންދިޔަ ދުވަސްވަރުގެ ބައެއް މަންޒަރުތައް ހިމަނައިގެން ވީޑިއޯ އެއް އާއްމުކޮށްފައެވެ. މައުޖީ އެންޑް މަމްތާސް ސައިކަލް ރައިޑް' ގެ ނަމުން އާއްމުކޮށްފައިވާ ވީޑިއޯ ކްލިޕްގައި ބައިސިކަލުގައި ނަގާފައިވާ މަންޒަރުތައް ނަގަމުން ދިޔައިރުގެ ބައެއް މަންޒަރުތައް ވަނީ ހިމަނާފައެވެ. ފިލްމުގައި މި ދެތަރީން ބައިސިކަލުގައި އެއްތަނުން އަނެއް ތަނަށް ދާ މަންޒަރު ހިމެނޭ ގިނަ ޝޮޓްތަކެއް ހިމެނެއެވެ. ވަރުން ބައިސިކަލް ދުއްވާ އިރު އަނޫޝްކާ އިންނަނީ ބައިސިކަލުގެ ފަހަތުގައި އިށީނދެގެންނެވެ.

އެ މަންޒަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވަރުން ބުނެފައިވަނީ މާދިޔާ ޕްރަދޭޝްގެ ދިލަ ހޫނުގަިއ އޭނާ 10 ގަޑިއިރު ބައިސިކަލް ދުއްވި ކަމަށެވެ. އަވިން ހަންގަނޑު އެނދިނަމަވެސް ދެތަރީންވެސް ހުރިހާ މަންޒަރުތަކެއް ނަގައި ނިންމިއެވެ. އަނުޝްކާ ވެސް ވަނީ ބައިސިކަލުގެ ފަހަތުގައި އެއްފައި މައްޗަށް އަނެއް ފައި ނަގައިގެން އެހައި ގިނަ އިރު އިންނަން ޖެހުމުން ވަރަށް އުނދަގޫ ކަމަށް ބުނެފައެވެ. އަދި އެހެން އިން އިރު ވަރުންގައިގައި އަތް ނުލައި އިންނާން މަސައްކަތް ކުރި ކަމަށާއި އޭގެ ސަބަބުން ބުރަކަށްޓަށް ތަދެއް އަރާފައިވާ ކަމަށް އަނުޝްކާ ބުންޏެވެ.

ފިލްމު ޕްރޮމޯޓު ކުރުމަށް މިހަފްތާގެ 'އިންޑިއަން އައިޑަލް' ގައި ވަރުން އާއި އަނުޝްކާ ބައިވެރިވިއެވެ. ނަމަވެސް ބުރަކަށްޓަސް ތަދުވާ ކަމަށް ބުނެ އޭނާގެ އެއްވެސް ހަރަކާތެއް ނުފެނެއެވެ.

މައުޖީ އާއި މަމްތަގެ މަންޒަރުތައް ނެގުމަށް މިދެތަރީން ކުރި މަސައްކަތް ތިރީގައިމިވާ ވީޑިއޯއިން ފެންނާނެއެވެ. މިއީ ބަލައިލާން ޝައުގެވެރި ވީޑިއޯ އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.