ޖިންސީގެ ގޯނާގެ ވާހަކަ އަކީ ކޮންމެ ދުވަހަކު އެކި ޕްލެޓްފޯމް ތަކުގައި ދައްކާ ވާހަކައެކެވެ. އޭނާ މިހެން ބުނެފައިވަނީ ތަނުޝްރީ ދައްތާ އަށް މީގެ 10ވަރަކަށް އަހަރު ކުރީން ފިލްމެއްގެ ސެޓްގަ ނާނާ ޕަޓޭކަރް ޖިންސީ ގޯނާ ކުރިކަމަށް ބުނުމުން އޭނާ އަށް އެކި ފަރާތްތަކުން ފުރައްސާރަކޮށް ބިރު ދައްކަމުން ދާތީ އެވެ.
މިހާރު ފިލްމު ޕްރޮޑިައސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޕޫޖާ ބުނީ އޭނާ އަށް ދިމާވީ އެފަދަ ކަމެއް ހާމަކުރުމުން އޭނާ އަށް ވެސް ފުރައްސާރަ ކުރިކަމަށެވެ. ޕޫޖާ ބުނީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަ ކުރެވޭ އެފަދަ ތަޖުރިބާ ތަކުގެ ވާހަަކަ ދެއްކުމުން އެއީ މޮޔައިން ކަމަށް މުޖްތަމައުން ލޭބަލް ކުރާ ކަމަށެވެ. އޭނާ ބުނެފައިވަނީ ދޮގު ހަދާ، އަދި ބުއްދި ހަމަނުޖެހޭ މީހެއް ކަމަށް މީހުން ބުންޏަސް ހަގީގަތް ހާމަކޮސް އެފަދަ ކަންކަމާ ދެކޮޅަށް އަންހެނުން އަޑު އުފުލަން ޖެހޭ ކަމަށެވެ. އަދި އެހްނ މީހަކު އެހިވާނެ ކަމަށް ނުބަލައި އަމިއްލަ ހައްގުގަިއ މަސައްކަތް ކުރުމަށް ޕޫޖާ ވަނީ ގޮވާލާފައެވެ.
ތަނުޝްރީއަށް ނާނާ ޕަޓޭކަރް ގޯނާ ކރުި ކަމަށް ބުނުމުން އޭނާ އާ އެއްކޮޅަށް ވާހަކަ ދައްކާފައިވަނީ މަދު ބަޔެކެވެ. ބައެެއް ތަރިންނާ ޑައިރެކްޓަރުން ގާތުން މީޑިއާ އިން ކޮމެންޓަށް އެހުމުން އެމީހުން ވަނީ ތަނުޝްރީ އަށް މަލާމާތް ކުރާ މޭރުމަކުން ވަހަކަ ދައްކާފައެވެ. އެގޮތުން މަަޝްހޫރް އެކްޓަރު ޝަކްތީ ކަޕޫރް ބުނެފައިަވނި އެ ހާދިސާ ހިނގި ކަމަށް ބުނާއިރު އޭނާގެ އުމުރުން އޭރު އެންމެ ދިހަ އަހަރު ކަމަށާއި އެފަދަ ހަނދާނެއް އޭނާ ނެތް ކަމުގައެވެ. ފިލްމު ޑައިރެކްޓަރަކު ބުނެފަައިވަނީ ތަނުޝްރީ އޭރު ހުރީ ޕީރިއަޑް ވެފައިކަމަށް ވެސް ވެދާނެ ކަމަށެވެ.