މާލޭގެ އަމާންކަން ގެއްލޭތީ ޢަދާލަތުޕާޓީން ކަންބޮޑުވެއްޖެ

noosbayaan

މިދުވަސްވަރަކީ މާލެތެރޭގެ އަމާންކަން ގެއްލި، ބިރުވެރިކަން ޢާންމުވެ، މާރާމާރީ އާއި ތަޅާފޮޅުން ގިނަވެފައިވާ ދުވަސްވަރަކަށްވާތީ ޢަދާލަތުޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ޢާއްމުން ފުރާނަގެއްލި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން ދިއުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. މުސްލިމުންގެ ލޭ ޙުރުމަތްތެރިވެގެންވާ ހިނދު، ޙައްޤަކާނުލާ މުސްލިމެއްގެ ލޭ އޮހޮރުވާ ނުލުމަށް އެޕާޓީންވަނީ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

" ޢަދާލަތު ޕާޓީ ޤަބޫލުކުރާގޮތުގައި، މާރާމާރީ އާއި ތަޅާފޮޅުމާއި މީހުން މެރުންފަދަ ބޮޑެތި ކުށްތައް ހުއްޓުވާ، މުޖުތަމަޢުގެ އަމާންކަމާއި ސުލްޙަމަސަލަސްކަން ކަށަވަރުކުރުމަކީ ކޮންމެ އިސްލާމީ ދައުލަތެއްގެ ވެސް އެންމެ އިސް ވާޖިބެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ލެއާއި މުދާ ޙިމާޔަތްކޮށް ދިވެހި މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމަށްވުރެ ވަކިން ބޮޑު އެޖެންޑާއެއް ދިވެހި ދައުލަތުގެ ކުރިމަތީގައި އޮވެގެން ވާނެކަމުގައި މިޕާޓީން ނުދެކެމެވެ." އަދާލަތުޕާޓީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކަމާގުޅުންހުރި އެހެން މުއައްސަސާތަކުން އަހަންމިޔަތުކަން ދޭކަންކަން އަލުން ތަރުތީބުކޮށް، މުޖުތަމަޢުގެ އަމާންކަން ޤާއިމްކުރުމަކީ އެންމެ އަހަންމިއްޔަތުކަންދޭކަން ކަމުގައި ހަދަންޖެހޭކަމަށް އެޕާޓީގެ ނޫސްބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.