ތޭރަ ދާއިރާއަކަށް ޢާދަލަތުން ވާދަކުރަން ނިންމައި ފުރުސަތު ހުޅުވައިފި

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް ވާދަ ކުރުމަށް ޢަދާލަތު ޕާޓީން ނިންމަވައި، އެދާއިރާ ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވައިފިއެވެ

އެދާއިރާ ތަކަށްކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އެޕާޓީގެ ޓިކެޓް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އެޕާޓީން ކުރިމަތިލާ ދާއިރާތަކަކީ، ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ، މާފަންނު ދެކުނު ދާއިރާ އަށެވެ.

މިދާއިރާތަކުގެ ގޮނޑިއަށް ވާދަކުރައްވަން އެދޭ ފަރާތްތަކުން މިހިނގާ ޖަނަވަރީ 20  ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމާއި، ތާޢީދު އޮތް މިންވަރު އަންގައިދޭ ފޯމް ފުރިހަމަކޮށް އެޕާޓީއަށް ހުށައެޅުމަށް ވަނީ އެދިފައެވެ. އެ ފޯމްތައް ޕާޓީގެ އިދާރާއިންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ އަދި އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމުގެ ޤަވާޢިދުވެސް ވަނީ ހާމަކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.