ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތް ކޮށްފި

ހިލަޔާ ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ކ. ތިލަފުށި ކައިރިން ދަތުރުކުރި ދޯންޏެއް ދިޔަވަމުން ދަނިކޮށް ދޯނީގެވެރިފަރާތާއި އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތުން ދޯނި ސަލާމަތް ކޮށްފިއެވެ.

ދިޔަވަމުން ދިޔައީ "ހަމްދު" ނަމަކަށް ކިޔާ 99 ފޫޓުގެ ދޯންޏެކެވެ. މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 10:58 އެހައިކަންހާއިރުއެވެ. ރިޕޯރޓް ލިބުމާއި އެކު އެ ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ހާބަރ ކްރާފްޓްގައި ޑައިވަރުންގެ ޓީމެއް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ.

މި ދޯންޏަށް އެހީތެރިވުމުގެ ގޮތުން ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމުން  ޕަމްޕް ބަހައްޓައިގެން ދިޔަ ހިއްކުމުގެ މަސައްކަތް ކޮށް ދިޔަގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 12:30 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.