ބާވީސް ފަތުރުވެރިންނާއެކު ސަފާރީއެއް ގިރިއަކަށް އަރައިފި

ބާވީސް ފަތުރުވެރިން ތިބި ސަފާރީއެއް ގިއަކަށް އަރައިފި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައިފައެވެ.

ގިރިއަށް އަރާފައިވާ ސަފާރީގައި ތިބި 22 ފަތުރުވެރިންގެ އިތުރަށް 12 ފަޅުވެރިން ވެސް އޭގައި އެބަތިބި ކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ. ގިރިއަށް އަރައިފައިވަނީ "އިރުވައި" ނަކަމަށް ކިޔާ ސަފާރީއެކެވެ.

ސަފާރީ އަރައިފައިވަނީ އދ. މޫފުށީ އިރު ދެކުނުން 4.7 ނޯޓިކަލް ބޭރުގައި އޮތް ގިރިއަކަށް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 4.35 ގައި ލިބުމާއެކު އެމްއެންޑީއެފުން ގެންދަނީ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގައިތިބި 34 މީހުންގެ ޙާލުވެސް ރަނގަޅު ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.