މިއަހަރުގެ 'ވޯގް އޮމެން އޮފް ދަ ޔިއަރ' އިނާމް އާދީއްތަ ދުވަހުގެ ރޭ މުމްބާއީގައި ބާއްވައިފިއެވެ. ވޯގް ވިމެން އޮފް ދަ ޔިއަރ އެވޯޑް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މިއީ މި އެވޯޑް ހަފްލާ ބާއްވާ ދެވަަނަ ފަހަރެއެވެ.
ވޯގް ވިމެން އޮފް ދަ ޔިއަރ އަކީ ވިޔަފާރި އާއި ކުޅިވަރާއި ފިލްމީ ދާއިރާ ފަދަ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މުޖްތަމައަށް އެމީހުންގެ ޚިދްމަމަތްތަކުން އެކަށީގެންވާ ބަދަލުގެންނަ މީހުން ފާހަގަ ކޮށް ދޭ އެވޯޑެކެވެ. މުމްބާއީގައި ރޭ ބޭއްވި ހަފްލާގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ތަރީންތަކެެއް ބައިވެރިވިއެވެ. ރެޑް ކާޕެޓުގައި ފާހަގަކޮށްލެވުނު ތަރީންގެ ތެރޭގައި ކަރީނާ، އާލިއާ، ރާދިކާ، ޖާންވީ، އަޔުޝްމަން އާއި ވިކީ ކޮޝާލް ހިމެނެއެވެ. އާލިއާ އާއި ކަރީނާ ހަމައެކަނި ރެޑް ކާޕެޓްގައި ވިދާލީ އެއް ނޫނެވެ. މި ދެތަރީން ވަނީ އެވޯޑް ވެސް ހޯދާފައެވެ.
ރޭގެ ހަފްލާގައި ކަރީނާ އަށް ލިބުނީ 'ވޯގް އެންޑް އައިޑަބްލިއުސީ ޝަފައުސެން ސްޓައިލް އައިކޯން އެވޯޑެވެ. އާލިއާ އަށް މިއަަހަރުވެސް ލިބުނީ 'ވޯގް އެންޑް ލެމްބޯގިނީ ޔޫތް އައިކޯން އޮފް ދަ ޔިއަރ' އެވޯޑެވެ. އާލިއާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރް އަށް 'މެން އޮފް ދަ ޔިއަރ' އެވޯޑް ވަނީ ދީފައެވެ. 'ވޯގް މެން އޮފް ދަ މޯމެންޓް' އިނާމް ލިބުނީ އަޔުޝްމަން އަށެވެ. 'ވޯގް ފިލްމް މޭކަރ އޮފް ދަ ޔިއަރ' ލިބުނީ މެގްނާ ގުލްޒާރް އަށެވެ. 'ވޯގް ޓްރެންޑްސް ޑިސްރަޕްޓަރ އެވޯޑް (އަންހެން/ފިރިހެން) ލިބުނީ ރާދިކާ އަޕްތޭ އާއި ވިކީ ކޯޝާލް އަށެވެ.
ވޯގް ރެޑް ކާޕެޓް: