'ކަލަންކް’: އަރިޖީތު ސިންހް ގެ މިއުޒިކީ އަޑާއެކު އާލިއާ އާއި ވަރުންގެ އަސަރުގަދަ ލޯބީގެ ވާހަކަ

'ކަލަންކް' ގެ ޓައިޓްލް ޓްރެކް، 'ކަލަންކް ނެހީ އިޝްގް ހޭ'، ހޮނިހިރު ދުވަހު ނެރެފިއެވެ. ލަވައިގައި މައި ކެރެކްޓަރުންގެ ގޮތުގައި ގެނެސްދީފައިވަނީ އާލިއާ ބަޓް އާއި ވަރުން ދަވަން އެވެ. އޭގެ އިތުރުން އަދިތްޔާ ރޯއި ކަޕޫރް އާއި ސޮނާކްޝީ ސިންހާ އަަދި މަދޫރީ ޑިކްސިޓް އާއި ސަންޖޭ ދަތު ވެސް ލަވައިގެ ބައެއް މަންޒަރު ތަކުން ފެނެއެވެ.

'ކަލަންކް ނެހީ އިޝްގް ނެހީ' އަކީ ސޫފީ އަސަރު ވަރަށް ބޮޑަށް އެކުލެވޭ ލަވައެކެވވެ. ލަވައިގެ މައިގަނޑު އުސްއަލީގެ ގޮތުގައި ރީތި މަންޒަރުތަކާ އެކު ހުށަހަޅައިދީފައިވަނީ ލޯތްބާއި އަދި ލޯތްބަށް ކުރަން ޖެހޭ އިންތިޒާރެވެ. އަދި ލޯބިވާ މީހަކު ހުރި ކަމުގައި ވިޔަސް އެ ލޯބި ބަލައިނުގަނެވޭ ހާލަތެއް މެދުވެރިވުމުން ތަހައްމަލު ކުރަންޖެހޭ ވޭނާއި ކެކުޅުމެވެ.

މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންހު އެވެ. މިއުޒިކް ކޮމޕޯޒް ކޮށްފައިވަނީ ޕްރިތަމް އެވެ.

'ކަލަންކް' އަކީ 1940 ގެ އަހަރުތަކުގެ ހިނގާފައިވާ ލޯބީގެ ހާދިސާ އެކެވެ. މިއީ ޕީރިއަޑް ޑްރާމާ އެކެވެ. އާލިއާ އާއި ވަރުންގެ އިތުރުން ފިލްމުގެ ލީޑް ރޯލު ކުޅެފައިވަނީ ސަންޖޭ ދަތު އާއި މަދޫރީ ޑިކްސިޓް އާއި، ސޮނާކްޝީ ސިންހާ އާއި، އަދިތްޔާ ރޯއި ކަޕޫރް އެވެ. މިއީ އަބީޝެކް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމު ސިނަމާގައި އަޅުވާނީ އަންނަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުއެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.