'ގަލީ ބޯއި': ރަންވީރުގެ ހިޕް-ހޮޕް ރެޕް އިންޑިއާ އަށް މިއުޒިކީ އިންގިލާބެއް ގެނުވާނެ

ފެބްރުއަރީ މަހުގެ 14ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު 'ގަލީ ބޯއި' އަކީ އިންޑިއާގެ ހިޕް-ހޮޕް ރެޕަށް މިއުޒިކީ އިންގިލާބެއް ގެންނާނެ ފިލްމެއް ކަމަށް ފިލްމުގެ އެއް ލީޑިން އެކްޓަރު ރަންވީރު ސިންގހް ބުނެފިއެވެ.

ބަރލިން ފިލްމު ފެސްޓިވަލުގައި ފިލްމު އެޅުވުމުގެ ކުރީން މީޑިއާ އަށް މައުލޫމާތު ދެމުން ރަންވީރު ބުނެފައިވަނީ 'ހިންދުސްތާނީ' ހިޕް-ހޮޕަކީ މުޅީން އިންޑިއާ އަށް އަދި މުޅީން އާ ވައްތަރެއްގެ މިއުޒިކެއް ކަމުގައެވެ. އޭނާ މިހެން ބުނެފައިވަނީ ހުޅަނގުގެ ރެޕާއި އިންޑިއާގެ ރެޕައި ހުރި ތަފާތަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. ރަންވީރު ބުނީ ހިންދުސްތާނީ ހިޕް-ހޮޕަކީ މުޅީން އާ އަދި ވަރަށް ތަފާތު ދާއިރާ އެއް ކަމަށެވެ. އަދި މި ފިލްމާއި ހަމައަށް މާ ގިނަ ބަޔަކު އެ ގޮތަށް ރެޕް ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ 'ގަލީ ބޯއި' އަކީ ޒަމާންތަކަކަށް އިންޑިއާގައި ފޮރުވިފައި އޮތް ހިންދުސްތަނީ ރެޕް ސަގާފަތް 'ގަލީ ބޯއި' މެދުވެރިކޮށް އާއްމުންނަށް ތިލަވާނެ ކަމަށެވެ.

https://instagram.com/p/BtgBaonHJ-9/

ރަންވީރު ބުނިގޮތުގައި ފިލްމުގައި ހިމެނޭ ލަވައެއް މިހާރު ވެސް އިންޑިއާގެ ޓޮޕް ޗާޓަށް އަރާފައިވާ ކަމަށެވެ. އެ ލަވައަކީ "އަޕްނާ ޓައިމް އާއެގާ" އެވެ. އޭނާ ބުނީ އެ ލަވައަކީ ހަގީގީ ހިންދީ ހިޕް-ހޮޕް ލަވައެއް ކަމަށެވެ. އެހެންކަމުން އެހެން ލަވަތަކާއި އެ ލަވަ ވަރަށް ތަފާތު ކަމަށް އޭނާ ބުންޏެވެ. އަދީ ޓޮޕް ޗާޓުން ފިލްމުގެ ލަވަތަކަށް ޖާގަ ލިބުމަކީ މިއުޒިކްގެ މި ޖޯންރާ އަށް ގިނަ ބައެއްގެ ޝައުގު ހުއްޓޭނޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.  

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެމުން ރަންވީރު ބުނީ އެމެރިކާގައި ހިޕއް-ހޮޕް ގާފަތެއް އުފެދި ެއ ސަގާފަތް އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. 1980 އާއި 1989 އާއި ދެމދު އުފެދުނު ރެޕަކީ މިހާރު މުޅި ދުނިޔޭގައި އެންމެ ގިނައިން ސްޓްރީމް ކުރެވޭ މިއުޒިކް ކަމަށް ވެސް އޭނާ ބުންޏެވެ. އެއާއި ޚިލާފަށް 'ގަލީ ބޯއި' އަކީ އިންޑިއަގައި މި ސަގާފަތުގެ ފެށުމަށް ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ބާވަތުގެ މިއުޒކު އިންޑިއާގެ ޒުވާނުްނގެ މެދުގައި މަގްބޫލުވެ އިންޑިއާ އަށް މިއުޒިކީ އިންގިލާބެއް ގެނައުމުގެ ބާރު ފިލްމުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

https://instagram.com/p/Btcz0nrHj_P/

ރަންވީރު އިތުރަށް ބުނި ގޮތުގައި އެކްޓަަރަކަށް ވުމުގެ ކުރީން އޭނާ އަކީ ސްކްރިޕްޓް ލިޔުނު މީހެކެވެ. އަދި ކުޑައިރުއްސުރެ ރެޕް މިއުޒިކުގެ ތެރެއަށް ވަދެވިފައިވާ ކަމަށް ވެސް ބުންޏެވެ. މިއުޒިކްގެ ތެރެއަށް ވަދެވި އެ އުމުރުގައި ވަޒަނަށް ފައްތައިގެން ރެޕް ލަވަ ލިޔަންފެށި ކަމަށް ވެސް ބުންޏެވެ. ފިލްމު މާކެޓު ކުރުމަށް ބާއްވާ އިވެންޓު ތަކުގައި އޭނާ ވަނީ ރެޕް ކޮށްފައެވެ. އެގޮތުން ކަޕިލް ޝަރްމާ ޝޯގައި އޭނާ އާއި އާލިއާ ވެސް ވަނީ ރެޕް ލަވައެއް ކިޔާފައެވެ. 

ރަންވީރާ އެކު ފިލްމުގެ ލީޑް ރޯލުން ދެން ފެންނާނީ އާލިއާ ބަޓް އެވެ. އާލިއާ (ސަފީނާ) އަކީ މުސްލިމް އަންހެން ކުއްޖެކެވެ.

'ގަލީ ބޯއި' ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި ފެބްރުވަރީ މަހުގެ 14ވަނަ ދުވަހުއެވެ. މި ފިލްމަކީ ރިތޭޝް ިސދްވާނީ ޕްރޮޑިއުސްކޮށް ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.