ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އަނޫ މާލިކް ފަނޑިޔާރުންގެ ޕެނަލުން ވަކިކޮށްފި

މިއުޒިކް ކޮމްޕޯޒަރ އަދި ލަވަކިޔުންތެރިޔާ އަނޫ މާލިކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރުމާއި ގުޅިގެން އިންޑިއަން އައިޑަލް ގެ ޖަޖް ފަނޑިޔާރުންގެ ޕެނަލުން ވަކިކޮށްފިއެވެ. ބޮލީވުޑްގައި މި ދުވަސްކޮޅު އެންމެ އަޑުގަދަ އެއްވާހަކަ އަކީ ޖިންސީ ފުރައްސާރަ އާއި ރޭޕް ގެ ވާހަކަ އެވެ، އެގޮތުން ފިލްމީ ތަރިންނާއި، ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުން އަދި ލަވަކިޔުންތެރިންގެ މައްޗަށް ތުހުމަތު ކުރެވިފައިވެއެވެ.

އަނޫ މާލިކު ފަނޑިޔާރުންގެ ޕެނަލުން ވަކިކޮށްފައިވާ ކަމަށް ބޮލިވުޑްގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ އިރު މިހާތަނަށް ހަަރު އަންހެނަކު ވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެފައެވެ.

ސޮނީ އެންޓަރޓެއިންމެންޓް އިން ވެސް ވަނީ މިކަން ޔަގީންކޮށްފައެވެ. ސޮނީ އާ ހަވާލާދީ އޭއެންއައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަނު މާލިކް މިހާރު ފަނޑިޔާރުންގެ ޕެނަލުން ވަކިކޮށް އެ ޕެނަލާ ގުޅެން މިއުޒިކް އިންޑަސްޓްރީގައި މަޝްހޜު ފަރާތްތަކަށް ދައުވަތު އަރުވާނެއެވެ. އަނޫ މާލިކްގެ ފަރާތުން ޖިންސީ ގޯނާލިބުނު ކަމަށް ބުނެ އެވާހަކަ ފުރަތަމަ ދެއްކީ ލަވަކިޔުންތެރިޔާ އަަދި މިއޒިކް ކޮމްޕޯޒަރ ސޯނާ މޮހާޕަޓްރާ އެވެ. ސޯނާ ސޯޝަލްމީޑިއާގައި އަނޫ މާލިކްގެ ވަހަކަ ހާމަ ކުރުމުން އެހެން އަންހެނަކު ވަނީ އެއަށް ބާރުދީ ވަހަކަ ދައްކާފައެވެ. ށްވެތާ ޕަންޑީތް ކިޔާ މި މީހާ ބުެނފައިވާ ގޮތުގައި އޭނާގެ އުމުރުން 15 އަހަރުގައި އަނޫ މާލިކްގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ކުރިމަތިވިއެެވެ.

އަނޫ މާލިކަކީ 2014ވަނަ އަހަރުން ފެށީގެން އިންޑިއަން އައިޑޮލްގެ ފަނޑިޔާރު ކަން ކުރަމުން އައި ކުޅަދާނާ ލަވަކިޔުނެްތެރިއެކެވެ. މިރޭގެ ޝޯ އަކީ އޭނާ ފެންނާނެ އެންމެ ފަހު ޝޯ ކަމަށް ބޮލީވުޑް ޚަބަރު ގެނެސްދޭ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ އަށް ކުރެވޭ ތުހުމަތާ ގުޅިގެން ވަކީލުްނވަނީ އެއީ ދޮގެއް ކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.