ސްރީ ލަންކާގެ ރައީސް ހިޒް އެކްސެލެންސީ މައިތިރިޕާލާ ސިރިސޭނާ އާއި ރައީސް މުންޠަޚަބް އިބްރާހީމް ސާލިޙް އާއި ބައްދަލުކުރައްވައިފިއެވެ. ސިރިސޭނާ އާއި އިބްރާހިމް މުޙައްމަދް ޞާލިޙް ބައްދަލުކުރެއްވީ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއއަރޕޯޓުގެ ވީއައިޕީ ލައުންޖުގައި މިއަދު ހެނދުނުއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސް ސިރިސޭނާ ސީޝެލްސް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ލަންކާއަށް ވަޑައިގެންނެވި އިރު ކަމަށް ކޮލޮމްބޯ ގެޒެޓުން ރިޕޯޓު ކުރެއެވެ. ކޮލޮމްބޯ ގެޒެޓުން ރިޕޯޓުކޯށްފައިވާ ގޮތުގައި ސިރިސޭނާ ވަޑައިގެންނެވީ އިބްރާހީމް މުޙައްމަދް ޞާލިޙް ސިންގަޕޫރުން މާލެ ވަޑައިގެންނެވުމަށް ޓްރާންސިޓުގައި އިންނަވަނިކޮށެވެ.
ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރް މުސްޠަފާ ވެސް ވަނީ ޕްރެޒިޑެންޓް އިލެކްޓ އިބްރާހިމް މުޙައްމަދް ޞާލިޙް އާއި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން އަވަހާރަކޮށްލަން ޜޭވި ކަމުގެ ތުހުމަތުގައި ޖަލުގައި ހުރި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާ މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ސްރީ ލަންކާގެ ނޫސްވެރިއަކު ޓުވީޓުކޮށްފައިވެއެވެ.
Minister Faiszer Musthapha met Maldivian President @ibusolih to discuss about the release of a Sri Lankan, Lahiru Madushanka who had been detain on charges of being part of an assassination plot on Maldivian President Abdulla Yameen. pic.twitter.com/yYerhwD5pM
— Darshana Sanjeewa Balasuriya (@sanjeewadara) October 10, 2018