މަސައްކަތު މާހައުލުން އަންހެނުންނަށް ކުރިމަިތވާ ޖިންސީ ފުރައްސާރައިގެ ވާހަކައިގެ އަޑު މިހާރަކަށް އައިސް މިވަނީ ވަރަށް ގަދަވެފައެވެ. ވޭތުވެދިޔަ ދެ ހަފްތާގައި ބޮލިވުޑްގެ ޚަބަރުތަކުންވެސް ފަލަ ސުރުޚީ އިން ޖާގަ ހޯދާފައިވަނީ ޖިންސީ ފުރައްސާރައިގެ ވާހަކައެވެ.
އިއްޔެ ދިއްލީގައި ބޭއްވި ހަރަކާތެއްގެ ތެރެއިން ނޫސްވެރީން ވަނީ ފިލްމު ޕްރޮޑިއުސަރު ވިކާސް ބާލް އާ ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ވާހަކައާ މެދު ސޯނަމް ދެކޭ ގޮތް ބަލަން ސުވާލުކޮށްފައެވެ، ސޯނަމް ބުނެފަިއވަނީ އެއީ ވަރަށް ހިތާމަވެރި ވާހަކަތަކެއް ކަަމށެވެ. ހަމަ އެ އިވެންޓުގައި ކަންގަނާ ވިކާސްގެ ބޮލުގައި އަޅުވާފައިވާ "އިލްޒާމް'ގެ ވަހަކަ އެހުމުން ސޯނަމް ގެ ޖަވާބަކަށްވީ، "ތަނޫ ވެޑްސް މަންނޫ" ގެ އެކްޓަރަކީ އެކަހަލަ ހޮޅިވާހަކަ ވަރަށް ގިނައިން ދައްކާ މީހެއް ކަމަށާއި އޭނާގެ ވާހަކައަށް ބައެއްފަހަރު އިތުބާރު ނުކުރެވޭ ކަމަށެވެ. ނަަމަވެސް ކަންގަނާގެ ހިތްވަރަށް އޭނާ ތައުރީފު ކުރިއެވެ.
ސޯނަމްގެ ކޮމެންޓާ މެދު ހިތް ހަމަނުޖެހިގެން ކަންގަނާ ވަނީ ސޯނަމް އަށް ރައްދު ދީފައެވެ. ކަންގަނާ ބުނެފައިވަނީ ސޯނަމް އޭނާ އާ މެދު ގޮތް ކަނޑައެޅުމުގެ ހައްގެއް ނޯންނާނެކަމަށެވެ. އަދި ބައެއް އަންހެނުންގެ ވާހަކައަށް އިތުބާރު ކޮށް އަނެބައި އަންހެނުންގެ ވަހަކަ ގަބޫލުނުކުރުމުގެ ހުއްދަ އޭނާ އަށް ލިބުނީ ކިހިނެއްކަން ނޭނގޭ ކަމަށް ކަންގަނާ ބުންޏެވެ. އަދި އޭނާގެ އެއްވެސް ކަމަކާ ބެހުމުގެ ހައްގެއް، ނުވަތަ ގޮތް ނިންމުމުގެ ހައްގެއް ސޯނަމް އަށް ނޯންނާނެ ކަމަށްވެސް ބުންޏެވެ. އޭނާ ވަނީ ސޯނަމް އަކީ މާ މޮޅަށް ވާހަކަ ދެއްކޭ މީހެއް ކަމަށް ކިޔައި އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމާި ސަމިޓު ތަކުން އޭނާ އަސް ފުރުސަތު ދޭ ކަމަށާއި މި ސަމިޓު ަކަށް ގެންދަނީ ޒުވާނުންނަށް ނުފޫޒު ފޮރުވޭ މީހަކަށް ވެގެން ކަމަށް ބުންނާސް އޭނާއަށް އެފުރުސަތު ލިބެނީ ބައްޕަ އަނިލް ކަޕޫރ ގެ ސަބަބުން ކަމަށް ސޯނަމް ބުންޏޭވެ. އަދި އެއީ މާ މޮޅު ވާހަކަ ދެއްކުންތެރި އެއް ނޫންކަމަށް ވެސް ކަންގަނާ ބުންޏެވެ.
ކަންގަނާ އަކީ ފިލްމީ އާއިލާ ތަކަށް ނިސްބަތްވާ ކުދީންނަށް އިނޑަސްތްރީން ފުރުސަތު ލިބި ކުރަިއަރައިދަނީ އެކުދީންގެ މޮޅު ކަމުން ނޫން ކަމަށާއި ނަަމަވެސް އާއިލާގެ ސަބަބުން ކަމަށް ބުނެ ވަަރަށް ބޮޑަށް ފާޑު ކިޔާ މީހެކެވެ. މި ސަބަބާ ހެދި ފިލްމީ އާއިލާތަކަސް ނިސްބަތްވާ ތަރީންނާ ކަންގަނާ އާ ދެމެދު މާ ވަރުގަދަ ގުޅުމެއް ނޯވެއެވެ.