ބޮލީވުޑްގައި ކާމިޔާބު އިންޖިނިއަރުން

ސިލްވަރ ސްކްރީންއިން ފުރުސަތު ނުލިބުނު ނަމަ ސުޝާންތް ސިންގހް ރާޖްޕުތް، އާރ. މާދަވަން، ކްރިތީ ސެނޮން، ފަވާދް ޚާން އަދި ކަރްތިކް އާރްޔާން އަކީ އިންޖިނިައރިންގެ ދާއިރާގައި މަސައްކތް ކުރާނެ ހުނަރުވެރި އިންޖިނިައރުންނެވެ. މިބަލައިލަނީ މި ތަރީންގެ ތައުލީމީ ހަޔާތަށެވެ.

ކަރްތިކް އާރްޔަން

 

'ޕިޔާރް ކާ ޕޫޗްނާމާ' ގެ ތަރި ކަރްތިކް އާރްޔަން ގެ ތައުލީމީ ހަޔާތަށް ބަލާއިރު އޭނާގެ އަތުގައި ޑިޕްލޮމާ އާއި ޑިގްރީ ސެޓްފިކެތް އެބައޮތެވެ. މުމްބާއީ ގައި އިންޖިނިއަރިން ޑިގްރީ އަށް ކިޔަވަމުން ދިޔައިރު ކަރްތިކް ދިޔައީ އޭނާގެ މައިންބަފައިންނަށް ސިއްރުން އެކްޓިން ކޯހެއްވެސް ފުރިހަމަ ކުރަމުންނެވެ. އަދި އެދުވަސްވަރު އޭނާ އަށް 'ޕިޔާރް ކާ ޕޫޗްނާމާ' އިން ފުރުސަތު ލިބުނެވެ. ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަށް ގިނަބަޔަކު ތައުރީފު ކުރިއެވެ. އަދި އެފިލްމުގެ ސީކުއެލްގައި ވެސް އޭނާ މަސައްކަތް ކރިއެވެ. މި ފިލްމު ވެގެންދިޔައީ އޭނާގެ ކާމިޔާބުވީ ދެވަނަ ފިލްމަށެވެ. ކަރްތިކް ވަނީ ދާދި ފަހުން ޑައިރެކްޓަރު އަދި ޕްރޮޑިއުސަރ އާނަންދް އެލް ރާއިގެ ކުރިއަށޤ އޮތް ފިލްމު 'ކަލަޔާނާ ސަމަޔާލް ސާދަމް' އަށް ސޮއެ ކޮށްފައެވެ.

އާރް މާދަވަން

އާރް މާދަވަން ބޮލީވުޑާ ގުޅުނީ 'ރެހެނާ ހެއި ދިލް މޭއިނ' އިންނެވެ. އެއަށް ފަހު އެނާ މަޝްހޫރު ވެގެން ދިޔައީ 'ތައްނޫ ވެޑްސް މައްނޫ' ގެ މައްނޫ ގޮތުގައެވެ. މާދަވަން އަކީ ބޮލީވުޑް ތަރީންގެ ތެރެއިން އެންމެ ހުނަރުވެރި އެއްތަރިއެވެ. އޭނާގެ ހަގީގީ ދިރިއުޅުމަށް ބަލާއިރު '3 އިޑިއަޓްސް' ގައި ކުޅެފައިވާ ރޯލާ މުޅީން ތަފާތެވެ. އޭނާ ގްރެޖުއޭތްވީ އިލެކްޓްރޯނިކްސްގެ ދާއިރާއިންނެވެ. އޭނާވަނީ ކެނެޑާއި ކަލްޗަރަލް އެންބެސެޑަރެއްގެ ގޮތުގައި އިންޑިއާ ތަމްސީލުކޮށްފައެވެ. އޭނާ އަށް ވަނީ އެންމެ މޮޅު ކެޑޭޓްގެ އިނާމަު ލިބިފައެވެ. އޭނާ ތަމްރީނު ފުރިހަމަ ކޮށްފައިވަނީ ބްރިޓީޝް އާރމީ އާއި ރޯޔަލް އެއަރ ފޯރސް އާއި ރޯޔަލް ނޭވީ ގައެވެ. އޭނާއަށްވަނީ 'އިންޑިއަން ޗެމްޕިއަންޝިޕް ފޯރ ޕަބްލިކް ސްޕީކިންގ' އިނާމު ލިބިފައެވެ. އަދި އޭނާވަނީ ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި 'ޔަންގް ބިޒިނަސް ކޮންފަރެންސް' ގައި އިންޑިއާ ތަމްސީލުކޮށްފައެވެ.

ކްރިތީ ސެނޯން

ބޮލީވުޑްގައި ވިދަމުން އަންނަ ތަރި ކްރިތީ ސެނޯން ވަނީ ދިއްލީގެ ޖޭއިޕީ އިންސްޓިޓިއުތް އޮފް ޓެކްނޮލޮޖީ އިން ބީ-ޓެކް އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޑިގްރީ އެއް ހާސިލްކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ފަހުން ބޮލީވުޑާ ގުޅި އެކްޓިންގެ ދާއިރާއިން އިނާމްތަކެއް ވެސް ހޯދާފައެވެ.

ފަވާދް ޚާން

ބޮލީވުޑާ ގުޅުމުގެ ކުރީން ފަވާދް ޚާން ވިސްނާފައިވަނީ އެއިރޯނޯޓިކަލް އިންޖިނިއަރަކަށް ނުވަޔަ ޕައިލެޓް އަކަށް ވާށެވެ. އޭނާވަނީ ޕާކިސްތާންގެ ލާހޫރްގެ ނެޝެނަލް ޔުނިވަރސިޓީ އޮފް ކޮމްޕިއުޓަރ އެންޑް އިމަރޖިންގ ސައެންސްގެ ދާއިރާއިން ޑިގްރީ އެއް ހާސިލްކޮށްފައެވެ. އޭނަ މަޝްހޫރްވީ ހަމްޓީވީ އިން ދުރަށް ދެއްކި އުރްދޫ ސިލްސިލާ 'ޒިންދަގީ ގުލްޒާރް ހޭ' އިންނެވެ.

ސުޝާންތް ސިންްގހް ރާޖްޕުތް

'އެމް އެސް ދޯނީ' ގެ ތަރި ސުޝާންތް ވަނީ އެކްޓިން ކެރިއަރު ޚިޔާރު ކުރުުމުގެ ކުރީން ދިއްލީގެ ކޮލެޖަކުން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމް ހާޞިލްކޮށްފައެވެ. ސުޝާންތް އަކީ އޯލް އިންޑިއާ އިނޖިނިއަރިން އެގްޒޭމް ގެ ރޭންކްގެ 7ވަނައެވެ. ފިލްމީ ދުނިޔޭގައި ސުޝާންތް މަޝްހޫރު ވީ އޭނަގެ ކުރީގެ ލޯބިވެރިޔާ އަންކީތާ ލޯކަންޑޭ އާއެކު ކުޅުނު ޓީވީ ސިލްސިލާ 'ޕަވިތްރާ ރިޝްތާ' އިންނެވެ. އޭނާ ބޮލީވުޑާ ގުޅުނީ އޭގެ ފަހުންނެެވެ.

ސޯނޫ ސުއޫދް

ސޯނޫ ސުއޫދް އަކީ ތަފާތު ރޯލު ކުޅުމަށް މަޝްހުރު ތަރިއެކެވެ. އެކްޓް ކުރަން ފެށުމުގެ ކުރީން އޭނާ އިލެކްޓްރޯނިކްސްގެ ދާއިރާއިން އިންޖިނިއަރިންގް ޑީގްރީ އެއް ހާސިލް ކޮށްފައެވެ. އެކްޓިން ގެ އިތުރުން އޭނާ އަކީ ފިޓްނެސް ފްރީކް އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.