'ޔަމްލާ ޕަގްލާ ދިވާނާ ފިރް ސޭ' ގެ ޕޯސްޓަރު ނެރެފި

ދަރްމެންދްރާ އާއި ސަނީ ޑެއޯލް އަދި ބޮބީ ޑެއޯލް ގެ އާ ފިލްމު "ޔަމްލާ ޕަގްލާ ދިވާނާ ޕިރް ސޭ" ގެ ޕޯސްޓަރުތައް ދައްކާލައިފިއެވެ. މި ފިލްމަކީ "ޕަގްލާ ދިވާނާ" ގެ ތިން ވަނަ ފިލްމެވެ. ތިން ޕޯސްޓަރުގައި ދަރްމެންދްރާ އާއި، ސަނީ އާއި، ބޮބީ ފީޗަރ ކޮށްފައިވަނީ ޔަމްލާ، ޕަގްލާ އަދި ދިވާނާ ގެ ގޮތުގައެވެ.

ތިން ތަރީންވެސް ވަނީ މީސްމީޑިއާގައި ތައާރަފް ވެފައެވެ.

މިއީ ދަރްމެންދްރާގެ ތަައާރަފެވެ.

ސަނީގެ ތައާރަފްވެސް ވަރަށް ފައްކަލެވެ.

ބޮބީ އޭނާގެ އިންސްޓެގްރާމް ފޮލޯވަރުންނަށް ތައާރަފްވެފައި ވަނީ މިގޮތަށެވެ.

ފިލްމުގެ ޓީޒަރ މިއަދު ރިލީޒް ކުރާނެއެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އޯގަސްތް މަހުގެ 21ވަނަ ދުވަހުއެވެ. ޔަމްލާގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2011ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ރިލީޒްކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. މި ފިލްމަށް ސަލްމާން ޚާން އާއި އިއުލިއާ ވަންތޫރް ލަވައެއް ރިކޯޑް ކުރާނެއެވެ. އަކްޝޭ ކުމަރުގެ ގޯލްޑް އާއި ޖޯން އަބްރަހަމް ގެ 'ސަތްޔަމޭވަ ޖަޔަތޭ" ވެސް ޝެޑިއުލްކޮށްފައިވަނީ އޯގަސްޓް މަހުގެ 21ވަނަ ދުވަހަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.