މަދޫ ބާލާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

ލެޖެންޑްރީ އެކްޓަރު މަދޫ ބާލާ ގެ ހަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރު ކުރަން އުޅޭ ކަމަށް އޭނާގެ ކޮއްކޮ މަދޫރް ބްރިޖް ބޫޝަން އިއުލާން ކޮށްފިއެވެ. ނަމަވެސް ފިލްމުގެ ކާސްޓާއި ނަން ރަސްމީކޮށް އިއުލާން ކުރާނީ ފަހުން ކަމަށްވެއެވެ.

ބޫޝަން އާ ހަވާލާދީ ނޫސް އޭޖެންސީ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމު އުފައްދަނީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިންނެވެ. އަދި އޭނާގެ ހުއްދައާ ނުލާ އެއްވެސް ފަރާތަކުން އޭނާގެ ދައްތަ ހަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރު ނުކުރުމަށް އޭނާވަނީ އެދިފައެވެ. އެއީ ދައްތަގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް އޭނާ ކުރަމުންދާތީ އެވެ. އަދި ވަގުތު ޖެހުމުން ފިލްމުގެ ހުރިހާ ތަފްސީލެއް މަދޫ ބާލާ އަށް ތާއީދު ކުރާ މީހުންނަށް އޭނާ ހާމަކުރާނެއެވެ.

ދިއްލީގައި ހުންނަ މެޑަމް ޓޫސާޑްސްގައި އޭނާ ގެ ދައްތަގެ ބުދު ބެހެއްޓިފަހުން ދައްތަގެ ހަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރު ކުރމުގެ ވިސްނުން އައިސް އެމަސައްކަތް ފެށީއެވެ. ބޮލީވުޑުން އެކިފަހަރު މަތީން އޭނާގަ ދައްތަގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ޝައުގެވެރިވެ ބުޝާން އާ ވާހަކަ ދައްކާފައިވާ ކަމަށް ވެއެވެ. ނަމަވެސް އޭނާގެ ދައްތަގެ ބަޔޯޕިކް ވަރަށް ފުރިހަމައަށް މޮޅަށް އުފައްދަން ބޭނުންވާތީ މަޑުކޮށްލީއެވެ. ފިލްމު ޑައިރެކްޓް ކުރާން މޮޅު ޑައިރެކްޓަރުންނާ އޭނާ ވަނީ ވާހަކަދައްކާފައެވެ.

މަދޫ ބާލާ މަޝްހޫރު ވެފައިވަނީ 'ދަ ވީނަސް އޮފް އިންޑީއަން ސިނަމާ' ގެ ނަމުންނެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 'މުޣްލެ އަޢުޒަމް'، 'ޗަލްތީ ކާ ނާމް ގާޅީ'، މިސްޓަރ އެންޑް މިސިޒް 55' އަދި 'މަހަލް' ހިމެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.