ކޮފީ ވިތް ކަރަން ސީޒަން 6 ގެ ފުރަތަމަ ދެ އެޕިސޯޑް ޝޫޓް ކޮށްފި

ކަރަން ޖޯހަރްގެ 'ކޮފީ ވިތް ކަރަން' ސީޒަން 6 ގެ ޝޫޓިން މިދިޔަ އަންގާރަ ދުވަހު ފަށައިފިއެވެ. މިހާތަނަށް މި ސީޒަންގެ ދެ އެޕިސޯޑް ވަނީ ޝޫޓް ކޮށްފައެވެ. ކަރަންގެ ޗެޓް ޝޯގެ ފުރަތަމަ އެޕިސޯޑުގެ މެހްމާނުންނަކީ ސައިފް އަލީ ޚާން އާއި އޭނާގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން އެވެ.

ދެވަނަ އެޕިސޯޑުގެ މެހްމާނުންނަކީ އަރްޖުން ކަޕޫރް އާއި އޭނާގެ ކޮއްކޮ ޖާންވީ ކަޕޫރް އެވެ.

ދެ އެޕިސޯޑުގެ ޝޫޓިން އަށް ފަހު ކަރަން ވަނީ ޝޯގެ މެހްމާނުންނާ އެކު ނަގާފައިވާ ފޮޓޯ ސޯޝަލްމީޑިއާގައި ޝެއަރ ކޮށްފައެވެ. ޖާންވީ އާއި ސާރާ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށީ ދާދި ފަހުންނެވެ. ޖާންވީގެ ފުރަތަމަ ފިލްމަށްފަހު އޭނާވަނީ ބެލުންތެރީންގެ ހިތްތައް އަތުލާފައެވެ.

 

ސާރާގެ ފިލްމެއް މިހާތަނަށް ސްކްރީނަށް އައިސްފައެއް ނުވެއެވެ. އެހެންކަމުން މި ޝޯ އަކީ ބެލުންތެރީންނަށް ސާރާ ސްކްރީނުން ފުރަތަމަ ފެންނަ ފަހަރަށެވެ. ސާރާގެ ބައްޕަ މީގެ ކުރީން ހަތަރު ފަހަރު ކަރަންގެ ޝޯގައި ބައިވެރިވެފައިވެއެވެ. އެއީ ޕްރިތީ ޒިންތާ، ކޮއްކޮ ސުހާ އަލީ ޚާން، ކަރީނާ ކަޕޫރް، އަދި ކަންގަނާ ރަނޯތް އާއެކުއެވެ.

ޝޯގެ ފުރަތަމަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނި މި މަހުގެ 21ވަނަ ދުވަހު ކަމަށް ކަރަން ވަނީ އިއުލާން ކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.