ކަރަން ޖޯހަރް ގެ 'ބްލޮކްބަސްޓަރ' ފޮޓޯ އަށް ގިނަބައެއްގެ ސަމާލުކަން

ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރ އަކީ ބޮލީވުޑްގެ އެކި އިވެންޓްތަކގުެ ފޮޓޯ އެންމެ ފުރަތަމަ ސޯޝަލްމީޑިއާގައި ޕޯސްޓްކުރާ ފަންނާނަށް ވާނެއެވެ. އޭނާގެ ފޮޓޯތަކަށް އަބަދުވެސް ފޭނުންގެ ސަމާލުކަން ލިބެއެވެ. ނަމަވެސް 'ދަ ބިގެސްޓް ބްލޮކްބަސްޓަރ' އެއް ކަމަށް ބުނެ ރޭ ކަރަން ޕޯސްޓުރކުރި ފޮޓޯ އަށް ލިބުނު ސަމާލުކަން މާ ބޮޑެވެ.

View this post on Instagram

The biggest BLOCKBUSTER ever!!!!!❤️????

A post shared by Karan Johar (@karanjohar) on

ރަންބީރް ކަޕުރްގެ ގޭގައި ނަގާފައިވާ ފޮޓޯ އިން ފެންނަނީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ކުޅަދާނަ ތަރީންނެވެ. މިއީ ފިލްމެއްގެ އިޝްތިހާރެއް ނޫނެވެ. ނަމަވެސް ރަންބީރް ކަޕޫރް އާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް، ރަންވީރް ސިންގހް އާއި އޭނާގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯން، ޝަހް ރުކް ޚާން އަދި އާމިރް ޚާން އާއި ކަރަން އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. މި ތަރީން އެކުގައި ކުޅޭ ފިލްމެއް ބްލޮކްބަސްޓަރ އަކަށް ވާނޭ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް މިފަހަރު މިއީ ފިލްމެއ ނޫނެވެ. މިއީ މިތަރީންގެ ފޭނުންނަށް ބަލައި ފޫހިވާނޭ ފޮޓޯ އެއް ނޫނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.