ނަންދިތާ ދާސްގެ ފިލްމް 'މެންޓޯ' ގެ އިންޑިއަން ޕްރިމިއަރ އަށް އުރްދޫ ލިޔުންތެރިޔާ ސާދާތް ހަސަން މެންޓޯގެ ތިން ދަރީން، ނިޣާތް ޕަޓޭލް، ނުޒްހަތް އަރްޝަދް އަދި ނުސްރަތް ޖަލާލް އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ނަންދިތާ ނަންދިތާ ނެރުނު ބަޔާނެއްގައި ބުނެފައިވަ ގޮތުން ފިލްމުގެ ހުރިހާ ހަރުފަތެއްގައި އޭނާ އަށް މެންޓޯ އާއިލާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބިފައިވެއެވެ. އަދި މެންޓޯގެ ވަރަށް ގިނަ ވާހަކަތަކާއި މެޓީރިއަލް އާއިލާއިން އޭނާ އާއި ހިއްސާކޮށްފައިވެއެވެ. މި ތަކެއްޗާއު ނުލައި އޭނާގެ ފިލްމުގައި މެންޓޯ އެންމެ ފުރިހަމައަށް ގެނެސްނުދެވުނީސް ކަމަށް ނަންދިތާގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން މެންޓޯގެ އާއިލާ އިންޑިއާއަށް ގެންދިއުމަށް ވިސާ ހަމަޖައްސައިދިނުން އެދި އިސްލާމް އާބާދުގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގައި އެދިފައިވާ ކަމަށްވެސް ނަންދިތާގެ ބަޔާނުގައި ވެއެވެ.
މެންޓޯގެ ޓްރެއިލަރ :
ފިލްމުގެ ޚާއްޞަ ސްކްރީނިންގ އެއް ސާދާތް ދިރިއުޅުއްވި ދެ ސިޓީ ކަމުގައިވާ ދިއްލީ އާއި މުމްބާއީގައއި ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މުމްބާއީގައި ފިލްމު ޕްރިމިއަރ ކުރާނީ މާދަމާ އެވެ. އަދި ދިއްލީގައި މި މަހުގެ 19ވަނަ ދުވަހުއެވެ.
"މެންޓޯ" އަކީ އިންޑިއާ އާއި ޕާކިސްތާނުގައި ސާދާތް ދިރިއުޅުއްވި ދުވަސްވަރުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ސާދާތަގެ ދަރިފުޅާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބައްޕަގެ ދިރިއުޅުން ފިލްމުން ބަލައިލުމަކީ އޭނާއަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ފިލްމުގެ މަސައކަތް ކުރަމުން ދިޔައިރު ނަންދިތާ އޭނާއާއި އީމޭލް އާއި ފޯނުން ވަރަށް ގިނައިން މުއާމަލާތު ކޮށް ބައްޕަގެ އެކިކަންކަން އޮޅުންފިލުވާފައިވާ ކަމަސް ނުޒްހަތު ބުނެފައިވެއެވެ. ނަންދިތާގެ ފިލްމުން 1947ވަނަ އަހަރު ހިނގާފައިވާ އަނިޔާވެރި ހުތުރު އަމަލުން ފިލާވަޅު ލިބޭނޭ ކަމަށް އޭނާ ބުނެފައިވެއެވެ.
ފިލްމުގައި މެންޓޯގެ ރޯލު ކުޅެނީ ނަވާޒުއްދީން ސިއްދީގީ އެވެ. އޭގެ އިތުރުން ރިޝީ ކަޕޫރް އާއި ދިވްޔާ ދައްތާ ފަދަ ކުޅަދާނަ ތަރީން ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.