'ކޮފީ ވިތް ކަރަން ސީޒަން 6' މިރޭ ޕްރިމިއަރ ކުރާނެ

ކަރަން ޖޯހަރްގެ މަޝްހޫރު ޓޯކް ޝޯ 'ކޮފީ ވިތް ސީޒަން 6' މިރޭ ޕްރިމިއަރ ކުރާނެއެވެ. ޝޯ ގެ ޝޫޓިން ފެށުމާއެކު ޝޯގެ މެހްމާނުން އަދި ކަރަން ވަނީ ސެޓު ގައި ނަގާފައިވާ ފޮޓޯތައް އިންސްޓެގްރާމްގައި ޝެއަރ ކޮށްފައެވެ. ފުރަތަމަ ޝޫތް ކޮށްފައިވަނީ އަރްޖުން ކަޕޫރް އާއި އޭނާގެ ކޮއްކޮގެ އެޕިސޯޑެވެ. ނަމަވެސް ފުރަތަމަ ޝޯގެ މެހްމާނުންނަކީ ދީޕިކާ ޕަދުކޯން އާއި އާލިއާ ބަޓް އެވެ.

މިރޭ ޕްރިމިއަރ ކުރާ ޝޯ ދައްކާނީ ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ ސްޓަރ ވޯލްޑް އާއި ހޮޓްސްޓަރ އިންނެވެ. މި ސީޒަންގައިވެސް މަޝްހޫރް ގިނަ ތަރިން ފެނިގެންދާނެއެވެ. ކޮންމެ އެޕިސޯޑެއްފައި ދެ މްހްމާނުން ބައިވެރިވެފައެވެ. ދީޕިކާ އާއި އާލިއާ، އަރްޖުން އާއި ޖާންވީ ސައިފް އަލީ ޚާން އާއި ދަރިފުޅު ސާރާ، އަކްޝޭ ކުމާރް އާއި ރަންވީރް ސިންހް، ކަޓްރީނާ ކައިފް އާއި ވަރުން ދަވަން އަކީ މި ސީޒަންގެ މެހްމާނުންނެވެ. މި ތަރީންގެ ކުރީން ނޭނގޭ ވަރަށް ގިނަ ކަންކަން މި ސީޒަންގެ ޝޯ އިންވެސް އެނގިގެންދާނެއެވެ.

މި ސީޒަންގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެޕިސޯޑަކީ ސުޕަރސްޓަރ އާމިރް ޚާންގެ އެޕިސޯޑެވެ. އާމިރް އާ އެކު މެހްމަނަކު ބައިވެރިވާ ކަމެއް ނުވަތަ ނޫން ކަމެއް ޝޮގެ ފަރާތުން ހާމަކޮށްފައެވެ ނުވެއެވެ. މިރޭގެ ޝޯ ފެށޭނީ ރާއްޖޭ ގަޑިން 8: 30 ގައެވެ.

ސީޒަން 6 ގެ މެހްމާނުން: 

View this post on Instagram

Cuppa koffee with this beauty ? @deepikapadukone

A post shared by Alia ☀️ (@aliaabhatt) on

View this post on Instagram

Koffee with @_aamirkhan !!! #thuginthehouse

A post shared by Karan Johar (@karanjohar) on

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.