ގުޅުން ކަނޑާލައިފައިވާ ގައުމުތަކާ ގުޅުން ބަދަހި ކުރާނަން: ހަސަން ލަތީފް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅުން ކަނޑާލައިފައިވާ ގައުމުތަކާ އަލުން ގުޅުން ބަދަހި ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ފަސް މަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ރޭ ވިދާޅުވީ އިބްރާހީމް މުހައްމަދު ސާލިހު (ޕްރެޒިޑެންޓް އިލެކްޓް) ގެ ސަރުކާރުގައި ގަތަރާ ވެސް އަލުން ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ. އަދި އީރާނާއި ކޮމަންވެލްތާ ވެސް އަލުން ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޚާރިޖީ ސިޔާސަތު މިހާރު ވަނީ ކަނޑައަޅައި ނިމިފައެވެ. އެންމެ އިސްކަމެއް ދެއްވާފައިވާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި އެކަމަށްޓަކައި އަވަށްޓެރި ގައުމުތަކާ ރަނގަޅު ގުޅުމެއް އުފެދިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އިބްރާހީމް މުހައްމަދު ސާލިހަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުން އަރަބި ބައެއް ގައުމުތަކުން ވެސް ގެންދަވަނީ މަރުހަބާ ވިދާޅުވަމުން ކަމަށެވެ. އޭގެ އިތުރަށް ޗައީނާއާއި އިންޑިއާއިން ވެސް ވަނީ އިބްރާހީމް މުހައްމަދު ސާލިހަށް މަރުހަބާ ވިދާޅުވެފައެވެ. އިންޑިއާއިން ވަނީ ވީހާވެސް އަވަހަކަށް އިބްރާހީމް މުހައްމަދު ސާލިހު އެގައުމަށް ވަޑައިގެންނެވުމުގެ ދައުވަތު ވެސް ދެއްވައިފައެވެ. އީޔޫއިން ވިދާޅުވެފައިވަނީ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.