މަގުމައްޗަށް ޕްލާސްޓިކް ކުނި އެޅި މީހަކާ އަނުޝްކާ ޝަރްމާ ސުވާލުކޮށްފި

މަގުމައްޗަށް ޕްލާސްޓިކް ކުނި އެޅީ މީހަކާ ދިމާއަށް އަނުޝްކާ ސުވާލުކުރާ ވީޑިއޯ އެއް އޭނާގެ ފިރިމާހާ، އިންޑިއާގެ ކްރިކެޓު ޓީމުގެ ކެޕްޓަން ވިރާތު ކޯލީ އިންސްޓެގްރާމުގައި ހިއްސާކޮށްފިއެވެ. ހޮނުހިރު ދުވަހު ޝެއަރ ކުރި މި ވީޑިއޯ ރިކޯޑުކށްފައިވަނީ ވިރާތު އަމިއްލައަށެވެ. ވީޑިއޯ ގައި މަގުމަތީން ދިޔަ އެހެން ކާރެއްގެ ފަހަތު ސީޓުގައި އިން މީހާކާ މަގުމައްޗަށް ކުނި އަޅަނީ ކީއްވެތޯ އަނުޝްކާ ތަކުރާރުކޮށް ސުވާލު ކުރާ މަންޒަރު ފެނެއެވެ. އަދި މަގުމައްޗަށް ކުނި ނޭޅޭނެ ކަމަށާއި ޑަސްބިނަށް ކުނި އެޅުމަށް އަނުޝްކާ އެދުނެވެ.

ވިރާތުގެ ވީޑިއޯ: 

ވިރާތުގެ ވީޑިއޯ ކެޕްޝަންގައި ބުނާގޮތުން އަގުބޮޑު ކާރުގައި ދިޔަ އަށް އެކާރުގައި ތިބި މީހުންގެ ސިކުނޑިއަކު ތެތްކަމެއް ނެތެވެ. އަދި އެފަދަ މީހުންނަށް މަގުމަތި ސާފުކޮށް ބޭއްވިދާނެތޯ ވިރާތު ސިވާލުކޮށްފައިވެއެވެ. އަދި އެކަހަލަ އަމަލެއް ހިންގާ ތަން ފެނިއްެޖެނަމަ އެކަން ހުއްޓުވުމަށްވެސް ވިރާތު އެދިފައވެއެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަހު ލޯބީގެ ގޮތިުން ގުޅިގެން އުޅުމަށް ފަހި މިދިޔަ ޑިސެންބަރު މަހު ކައިވެނި ކުރި މި ޖޯޑަކީ އެއް އަގުތަކެއް ގެންގުޅޭ ދެމަފިރިންނެވެ. ޖަނަވާުރުންގެ ހިމާޔަތުގަ އާއި ތިމާވެށިގެ ހިމާޔަތުގައި ދެމީހުންވެސް މަސައްކަތް ކުރެއެވެ. އަމިއްލަ ފަސޭހައަށް ތައްޔަރުކުރާ ތަކެތިން ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑެވެ. އެފަދަ ތަކެތީގެ ތެރެއިންވެސް ޕްލާސްޓިކަކީ ތިމާވެށީގެ ހަތުރެކެވެ. އިންޑިއާގެ ގިނަ ސިޓީތަކުގައި ގާނޫނުން ޕްލާސްޓިކް މަނާކޮށްފައިވީ ނަމަވެސް އެ ގާނޫނު އެދެވޭ ގޮތެއްގައި ތަންފީޒެއް ނުކުރެވެއެވެ.

އަނުޝްކާގެ މި އަމަލަކީ މީހުންގެ ސަމާލުކަން ހޯދަން ކުރި ކަމެއް ކަމަށް އެއްބަޔަކު ބުނަމުން ދާއިރު ގިނަބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.