މަހޭޝް ބަޓް ގެ 70 ވަނަ އުފަންދުވަހުގެ މުނާސަބާގައި 'ސަޅަކް 2' އިއުލާންކޮށްފި

މިއަދަކީ ފިލްމް މޭކަރ މަހޭޝް ބަޓްގެ 70 ވަނަ އުފަން ދުވަހެވެ. އުފަން ދުވަހުގެ މުނާސަބާގައި ދަރިފުޅު އާލިއާ ބަޓް ވަނީ 1991ވަނަ އަހަރު ދައްތަ ޕޫޖާ ބަޓްގެ ހިޓް ފިލްމު 'ސަޅަކް 2' އިއުލާން ކޮށްފައެވެ. 'ސަޅަކް' ގެ ތަރީންނަކީ ސަންޖޭ ދަތް އާއި ޕޫޖާ ބަޓް އެވެ. މި ފިލްމު ރިލީޒް ކޮށްފައިވަނީ މީގެ 17 އަހަރު ކުރީންނެވެ.

ފިލްމުގެ ޕްރޮޑިއަސަރު މަހޭޝް ބަޓް މިހާރު މިވަނީ ފިލްމުގެ ސީކުއެލް އެއް އުފައްދާން ނިންމާފައެވެ. ފުރަތަމަ ފިލްމުގެ ތަރީންގެ އިތުރުން 'ސަޅަކް 2' ގެ ކާސްޓްގައި ހިމެނެނީ އަދިތްޔާ ރޯއި ކަޕޫރް އާއި އާލިއާ ބަޓް އެވެ.

މި ފިލްމަކީ އާލިއާއަށް ވަރަށް ޚާއްޞަ ފިލްމަކަށްވާނެއެވެ. މިއީ އޭނާގެ ބައްޕަ އޭނާ ޑައިރެކްޓް ކުރަ ފުރަތަމަ ފަހަރެވެ. އަދި އޭނާގެ ދައްތަ ޕޫޖާ ބަޓް އާއި އެކު ސްކްރީން ޝެއަރ ކުރާ ފުރަތަމަ ފިލްމަށް ވެސް މި ފިލްމު ވާނެއެވެ.

'ސަޅަކް 2' އިއުލާން ކޮށްފައިވަނީ މިދިޔަ ޖުލައި މަހު ވިޝޭޝް ފިލްމްސް އިންނެވެ. މި ފިލްމު ރިލީޒް ކުރާނީ 2019ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. މިއީ މަހޭޝް ބަޓް ޑައިރެކްޓް ކޮށް މުކޭޝް ބަޓް އުފައްދާ ފިލްމެކެވެ.

1991 ވަނަ އަހަރު ރިލީޒްކުރި 'ސަޅަކް' އަކީ ހަށިވިއްކަން މަޖްބޫރުވެފައިވާ އަންހެނަކާ ޓެކްސީ ޑްރައިވަރަކާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ ވާހަކައެވެ. އަދި ލޯބިވުމަށްފަހު އަންހެން ކުއްޖާ ހިށިވިއްކުމުގެ ވިޔަފާރީން ސަލާމަތް ކުރާ އުޅެއެވެ. މި ފިލްމަކީ ވެސް މަހޭޝް ބަޓް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

View this post on Instagram

❤️❤️❤️ ? @jayeshoo

A post shared by Alia ☀️ (@aliaabhatt) on

އަލިއާ ވަނީ ބައްޕަގެ އުފަންދުވަހުގެ މުނާސަބާގައި އަސަރުގަދަ ޕޯސްޓެއްވެސް ޝެއަރ ކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.