'ސަންޖޫ' ގައި ރަންބީރް އާދަޔާ ޚިލާފަށް މޮޅުކަމަށް ސަންޖޭދަތު ބުނެފި

'ސަންޖޫ' ގައި ރަންބީރް ކަޕޫރް ސަންޖޭދަތުގެ ރޯލު ކުޅެފައިވާލެއް މޮޅުކަމުން އޭނާއަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. ފުރަތަމަ ޓްރެއިލަރ ނެރުމާ އެކު ރަންބީރްގެ ބައްޕަ ބުނެފައިވަނީ ސަންޖޭ ދަތު ޖަލުން ނިކުމެގެން އަންނަ މަންޒަރު ފެނުމުން އޭނާ ހީކުރީ އެއީ ހަމަ އަސްލުވެސް ސަންޖޭދަތު ކަމަށެވެ.

ސުޕަރސްޓަރ އާމިރް ޚާން ވެސް ވަނީ ފިލްމު ބެލުމަށް ފަހު އޭނާ އަށް ފިލްމު ވަރަށޤ ކަމުދިޔަ ކަމަށް ބުނެފައެވެ. އަދި އެއީ ބައްޕަ އާއި ދަރިއެއްގެ އަދި ދެ އެކުވެރީންގެ އަސަރުގަދަ ވާހަކައެއް ކަމަށް އޭނާ ބުނެފައިވެއެވެ. އާޟިރް ވަނީ ރަންބީރް އާ ވިކީ ކޮޝާލްގެ އެކްޓިން ފެނި އާޝޯޚު ވެފައިވާ ކަމަށް އާމިރް ބުނެފައިވެއެވެ.

'ސަންޖޫ' އަކީ ސަންޖޭދަތު ގެ ހަޔާތުގެ މައްޗަށް ކުޅެފައިވަ ފިލްމެކެވެ. ސަންޖޭދަތުގެ ފިލްމް 'ސާހެބް ބީވީ އޯރް ގޭންގްސްޓަރ 3' ގެ ޕްރޮމޯޝަންގައި ނޫސްވެރީން ކުރި ސުވާލަކަށް ޖަވާބު ދެމުން ސަންޖޭދަތު ބުނެފައިވަނީ ފިލްމުގައި ރަންބީރް އާދަޔާ ޚިލާފަށް މޮޅު ކަމަށެވެ. އަދި އޭނާގެ ހަޔާތް ވަރަށް ފުރިހަމައަށް ސްކްރީނަސް ގެނެސްދީފައިވާ ކަމަށެވެ. އަދި ވިކީ އާއި އެހެން ހުރިހާ ތަރީން ވެސް ވަރަށް މޮޅު ކަމަށް ސަންޖޭދަތު ބުނި ކަމަށް ބޮލީވުޑް ޚަބަރު ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ފިލްމުގައި ދައްކާފައިވަނީ ހަގީގަތް ކަމަށްވެސް އޭނާ ބުނިކަމަށްވެއެވެ.

ނުސްވެރީން ވަނީ 'ސާހެބް ބީވީ އޯރް ގޭންގްސްޓަރ 3' ފގައި ގޭންގްސްޓަރ އެއްގެ ރޯލު ކުޅެން އެއްބަސްވީ ކީއްވެތޯވެސް އޭނާ އާ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ އޭނާއަށް ހުރިހާ ގޮތަކުން ފަސޭހަ ނޫން ފިލްމެއް ކުޅެން އެއްބަސް ނުވާނެކަމަށެވެ. ސަލްމާން ޚާން އަކީ ވެސް ގޭންގްސްޓަރ އެއްގެ ރޯލު މޮޅަށް ކުޅޭ ތަރިއެކެވެ. އަދި ރަންވީރް ސިންގހް ވެސް އެފަދަ ރޯލަކަށް ވަރަށް ފައްކާވާނެ ކަމަށް ސަންޖޭދަތު ބުންޏެވެ. ފިލްމުގައި އޭނާ ކުޅެނީ ވަރަށް އިމޯޝަނަލް ކެރެކްޓަރ އެއް ކަމަށް ސަންޖޭދަތު ބުނެފައިިވެއެވެ. ލޯބި ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާން ކެރޭ މީހެއްގެ ބައެވެ.

އޭނާ ބޭނުންވަނީ އުމުރާ ގުޅޭ މާކެޓް ވެސް ލިބޭ ފިލްމުކުޅެން ކަމަށް ސަންޖޭދަތު ބުނެފައިވެއެވެ. ސަންޖޭ ދަތު އާ އެކު މި ފިލމުގައި ދިވްޔާ ދައްތާ އާއި ޖިމީ ޝާރގިލް، މާހީ ގިލް، ޗިތްރަންގާ ސިނގހް އަދި ސުހާ އަލީ ޚާން މަސައްކަތް ކުރިއެވެ. ފިލްމު ރިލީޒް ކުރާނީ މި މަހުގެ 27ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.