'ބާރާތް' އިން ވަކިވެ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑް ފިލްމަކަށް ސޮއެ ކޮށްފި

7'ބާރާތް' އިން ވަކިވެ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑް ފިލްމަކަށް ސޮއެކޮށްފިއެވެ. އޭނާ ސޮއެކުރި ފިލްމަކީ 'ކައު ބޯއި ނިންޖާ ވައިކިންގސް' އެވެ. މިފިލްމުގައި ޕްރިޔަންކާ އަންހެން ލީޑް ކުޅޭނީ 'ގާޑިއަންސް އޮފް ގެލެކްސީ' ގެ ތަރި ކްރިސް ޕެޓް އާ އެކުއެވެ.

މިޚަބަރު ރިޕޯޓުކޮށްފައިވަނީ އީޑަބްލިއު ޑޮޓް ކޮމް ގައެވެ. މިއީ ޔުނިވަރސަލް ޕިކްޗަރސް އިން އުފައްދާ އެކްޝަން ޑްރާމާއެކެވެ. ކްރިސް ޕެޓް ކުޅޭނީ ގާތިލެއްގެ ރޯލެވެ. ފިލްމުގައި އޭނާ ކުޅޭނީ ވަރަށް އަވަހަށް މިޒާޖު ބަދަލުވާ މީހެއްގެ ރޯލެވެ. މުޅި ފިލްމު ބިނާކޮސްފައިވާނީ އޭނާގެ ތަފާތު ތިން ޕާސޯނާ އަށެވެ. ރިޕޯޓުގައި ޕްރިޔަންކާގެ ރޯލު ހާމަކޮށްފައި ނުވެއެވެ. ނަަމވެސް ލިޑް ރޯލު ކުޅޭނީ އޭނާކަން ހާމަކޮށްފައިވެއެވެ.  

ޕްރިޔަންކާދނީ މިހާރުވެސް ހޮލިވުޑް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ލަޔަމް ހެމްސްވޯތް އާ އެކު މަސައްކަތް ކުރަމުންދާ 'އިޒިންޓް އިތް ރޮމޭންޓިކް' އެވެ. މި ފިލްމުގެ ނެށުމުގެ މަންޒަރެއް ދާދި ފަހުން ވަނީ ޝޫޓްކޮށްފައެވެ.

ޕްރިޔަންކާ ހޮލީވުޑްގެ އާ ޕްރޮޖެކްޓަކަށް ސޮއެކޮށްފައިވާ އިރު އޭނާ އާއި ލޮބިވެރިޔާ ނކް ޖޮނަސްގެ ކާވެނި އަންނަ ސެޕްޓެންބަރު މަހުގެ 16ވަނަ ދުވަހު އޮންނާނެ ކަމަށްވެސް މީޑިއާއިން ދަނީ ރިޕޯޓު ކުރަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.