ޕީޕީއެމްގެ ފަސްއަހަރުގެ މެނިފެސްޓޯ މިރޭ ނެރެފި

ކުރިއަށްއޮތް ފަސްއަހަރަށް ޕީޕީއެމްގެ މެނިފެސްޓޯ މިރޭ ނެރެފިއެވެ.

މެނިފެސްޓޯ ނެރެދެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ސްޓޭޑިއަމް ސަރަހައްދުގައި މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާގައި ރައީސް ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯއަކީ އުންމީދުން ފުރިގެންވާ މެނިފެސްޓޯއެއް ކަމަށެވެ. އެއީ ނިމިގެން މިދާ ފަސްއަހަރުގެ މެނިފެސްޓޯގެ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މެނިފެސްޓޯއަކީ ދިވެހި ޒުވާނުންނަށް ބޭނުންވާނެ ހުރިހާ ހުނަރެއް ހިމެނޭ މެނިފެސްޓޯ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ އާމްދަނީ މިހާރަށްވުރެ އިތުރު ކޮށްދޭނެ ތަރައްގީގެ މެނިފެސްޓޯއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.