ޖާންވީ ކަޕޫރް އެއަރފޯސް ޕައިލެޓެއްގެ ރޯލުން

އާލިއާ ބަޓް އަށް ފަހު ދަރްމާ ޕްރޮޑަކްޝަންގެ ފިލްމުތަކުން މިހާރު އެންމެ ފުރަތަމަ ފުރުސަތު ލިބެނީ ޖާންވީ ކަޕޫރް އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖަންވީގެ ފުރަތަމަ ފިލްމު 'ދަޅަކް' އަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކުރި ފިލްމެކެވެ. އެއަށްފަހު އޭނާ އިއުލާން ކުރި ފިލްމު 'ތަޚްތ' އިންވެސް ޖާންވީ އަށް ވަނީ ފުރުސަތު ދީފައެވެ. މުމްބާއީ މިރަރ އިން ރިޕޯޓުކުރާ ގޮތުގައި ދަރްމާއިން ތިންވަނަ ފިލްމަކަށް ޖަންވީ އަށް ފުރުސަތު ލިބިއްޖެއެވެ. މި ފިލްމަކި އިންޑިއަން އެއަރފޯސްގެ ޕައިލެޓެއް ކަމަށްވާ ގުންޖަން ސަްކސޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ގުންޖަން ސަކްސޭނާ އަކީ އިންޑިއާގެ ފުރަތަމަ ކޮމްބެޓް އޭވިއޭޓަރ އެވެ. 1999ވަނަ އަހަރުގެ ހަނގުރާމައިގައި އޭނާ މަސައްކަތް ކުރީ ކަރްގިލް ގައެވެ.

މުމްބާއީ މިރަރ އިން ރިޕޯޓުކުރާ ގޮތުގައި ޖާންވީ މިހާރު ވަނި ގުންޖަން އާ ބައްދަލުކޮށް އޭނާގެ ވާހަކަ އަޑުއަހައި އޭނާގެ އާދަތައް ކޮންމެވެސް ވަރަކަށް ދަސްކޮށްފައެވެ، ފިލްމު އުފެއްދުމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުއެވެ. ކަރަން ޕްރޮޑިއުސްކުރާ މި ފިލްމަށް ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުމްބާއީ މިރަރ އިން ރިޕޯޓުކުރެއެވެ.

ޖާންވީގެ ފުރަތަމަ ފިލްމު ސިނަމާގައި އެޅުވުމާއެކު އޭނާގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދާދި ފަހުން އޭނާއަށް ވަނީ މަޝްހޫރު ބްރޭންޑެއްގެ މޭކަޕް ޕްރޮޑަކްޓް އެޑް އެއް ލިބިފައެވެ. އޭނާއަކީ ފެޝަނިސްޓާއެއް ކަމަށް މީޑިއާއިން މިހާރުވެސް ސިފަކުރެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.