ކުރީގެ މިސް ޔުނިވަރސް އަދި ބޮލީވުޑްގެ ތަރި ސުޝްމިތާ ސެން ދެކޭ ގޮތުގައި މިހާރު މުޖްތަމައު ދަނީ ރަނގަޅު މިސްރާބާ ދިމާއަށެވެ. ކުރިއާ ޚިލާފަށް އަންހެނުން ގެ މެދުގައި އޮންނަ ޒާތީ ވާދަ ވެރިކަން ނެތި އެކަކު އަނެކަކަށް އެއްބާރުލުންދޭ މަންޒަރު މުޖމަތަމައުން ފެންނަން ފަށަައިފިއެވެ.
މާޒީގައި އަންހެނުންގެ ވިސްނުން ހުރީ ތިމާއަށް ކާމިޔާބު ލިބޭނީ އަނެކާ ދަށްކޮށްލައިގެން ކަމަށާއި ނަމަވެސް މިހާރު ދެ ޖިންސުގެ މީހުންވެސް މި ފިކުރު ދޫކޮށް ގުޅިގެން މަސައްކަތް ކުރާ ކަމުގެ އިހުސާސް ލިބޭ ކަމަށް އޭނާ ބުންޏެވެ. މިއީ ހެޔޮ ބަދަލެއްކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.
ޕީޓީއައި އާ ވާހަކަ ދައްކަމުން ސުޝްމިތާ ބުނެފައިވަނީ ކުރިން އަބަދުވެސް އަންހެނުން ލައިގެން ހުންނަ ހެދުމާއި އޭނާގެ ހަށިގަނޑަށް ފާޑުކިޔަމުން އައި ދުވަސްކޮޅެއް ދިޔަ ނަމަވެސް މަންޒަރު ބަދަލުވާތަން ފެނުމުން އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. އޭނާގެ ދަރީން ބޮޑެތި ވަމުން އަންނަނީ ގައިމުވެސް އެފަދަ މާހައުލެއްގައި ކަމަށް އޭނާ ބުންޏެވެ.
އަންހެނުން މޯޓިވޭޓް ކުރުމާއި ބާރުވެރި ކުރުމުގެ ވާހަކަ މިހާރު އޭނާ ދައްކާން ބޭނުން ނުވެއެވެ. އެވާހަކަ ދެއްކުމަކީ އަންހެނުންގެ ބަލިކަށިކަން ހާމަވާ ކަމެއް ކަމުގައި ވާތީ އެވެ. އޭނާ ދެކޭ ގޮތުގައި އަންހެނުން ބާރުވެރި ކުރަން މަސައްކަތް ކުރާކަށް ނުޖެހެއެވެ. ހަމަގައިމުވެސް އެއީ ސުޝްމިތަ ގަބޫލު ކުރާ ކޮންސެޕްޓެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެމީހެއްގެ ހައްގުގައި އެމީހަކު ތެދުވުމަކީ އެންމެ ރަނގަޅު ގޮތެވެ.